ރަމަޟާން މަހުގެ ދުވަސްތަކުގައި ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސެންދެން ކެއިން ބުއިމާއި ދުނިޔަވީ އެންމެހާ ކަންކަމުން ދުރުވެ ތިބުމަށް މުސްލިމުންނަށް އަންގަވާފައިވެ އެވެ.
ފަޖުރުގެ އަލި ފާޅުވުމާއި އިރުއޮއްސުމަކީ ކާއިނާތުގެ ކަންކަން ހިނގާ މަގުން ދިމާވާ ކަމަކަށް ވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރޯދަހިފާ މުސްލިމުންނަށް ރޯދައަށް ތިބެން ޖެހޭ ވަގުތު ވެސް ތަފާތުވެ އެވެ. މިކަން މިހެން ވަނީ ޖިއޮގްރަފީ ގޮތުން އެގައުމުތައް އޮންނަ ތަނުގެ ގޮތުންނެވެ.
އެގޮތުން ބަލާއިރު މިއަހަރުގެ ރޯދަމަހު އެންމެ ގިނަ ވަގުތު ރޯދައަށް ތިބެން ޖެހޭނެ ގައުމަކީ އައިސްލެންޑެވެ. އެގައުމުގެ ރޭކްޖަވިކް ނަމަކަށް ކިޔާ ރަށުގައި 16 ގަޑިއިރާއި 50 މިނެޓު ރޯދައަށް ހުންނަން ޖެހެ އެވެ. މި ރަށުގެ އިތުރުން 15 ގަޑިއިރާއި 16 ގަޑިއިރާ ދެމެދު ރޯދައަށް ހުންނަން ޖެހޭ ގައުމުތަކުގެ ތެރޭގައި ފްރާންސްގެ ޕެރިސްއާއި ޕޮލެންޑްގެ ވޮރްސޯގެ އިތުރުން އިނގިރޭސި ވިލާތުގެ ލަންޑަން ހިމެނެ އެވެ.
އެއާއެކު އެންމެ ކުޑަ ވަގުތުކޮޅަކަށް މިއަހަރު ރޯދަ ހިފަން ޖެހެނީ ދެކުނު އެފްރިކާގެ ޖޮހަނަސްބާގްގަ އެވެ. އެ ހިސާބުގައި ރަމަޟާން މަހުގެ ކުރީކޮޅު ދުވާލުގެ ދިގުމިނަކީ އެންމެ 11 ގަޑިއިރެވެ. ޖޮހަނަސްބާގްގެ އިތުރުން ހަމަ އެގައުމުގެ ކޭޕް ޓައުންއާއި ސްވިޓްޒަލޭންޑްގެ ކްރިސްޓްޗާޗްގައި ވެސް ދުވާލުގެ ދިގު މިނަކީ މި އެވެ.
ޖިއޮގްރަފީ ގޮތުން ދިވެހި ރާއްޖެ އޮންނަނީ ދުނިޔެ ދެބައިވާ އީކުއޭޓާ ކައިރީގައި ކަމަށް ވުމުން ދިވެހި ރާއްޖެއަށް ދުވާލާއި ރޭގަނޑުގެ ދިގުމިން ދާދި އެއްގޮތްވެ އެވެ.
ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީ އަވަހާރަކޮށްލީ ވިހައެއް ދީގެން
ރޯވި ދީނީގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދިއްޖެ
ކުއްޔަށް އުޅޭ ފަރާތަށް ނުދީ ގޭގެ ވެރިފަރާތުން ރޯދަ ހަދިޔާ ނަގަނީ