ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފި އެވެ.
ކަސްޓަމްސްއިން ބުނިގޮތުގައި މި ތަކެތި އަތުލައިގަނެފައި ވަނީ ރާއްޖެއަށް ޕޯސްޓު މެދުވެރިކޮށް އެތެރެކުރަން އުޅުނު ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގަ އެވެ. އެ ޕެކޭޖުގެ ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން އިތުރަށް ބެލިބެލުމުން އޭގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފަ އެވެ.
އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި ތިނެއް ޕޮއިންޓް ދެއެއް ކިލޯއަށްވުރެ ގިނަ ކެނެބިސް ހިމެނެއެވެ. އެ މުއައްސަސާއިން ބުނި ގޮތުގައި މި ތަކެތި އަތުލައިގަނެފައި ވަނީ ނިމުނު ހޮނިހިރު ދުވަހު އެވެ.
މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލީ މައުލޫމާތެއް ކަސްޓަމްސްއިން ހާމަކޮށްފައެއް ނުވެ އެވެ. މިއީ ކޮން ގައުމަކުން ފޮނުވި ޕެކޭޖެއް ކަމެއް އަދި މި މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއްވެސް އެ މުއައްސަސާއިން ހާމައެއް ނުކުރެ އެވެ.
ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް އެކި ފަހަރުމަތިން މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް މީގެ ކުރިންވެސް ވަނީ އަތުލައިގަނެފަ އެވެ. މިފަހަކަށް އައިސް ޕޯސްޓު މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް ވަނީ އިތުރުވާން ފަށާފަ އެވެ.
އެފަދަ ބައެއް ތަކެއްޗާ ހަވާލުވާން ދިއުމުގެ ސަބަބުން، މަސްތުވާތަކެއްޗާ ސީދާ ގުޅުމެއް ނެތް ބައެއް މީހުންނަށްވެސް ކުށުގެ ތުހުމަތު ކުރެވޭ ތައް ކުރިމަތިވެ އެވެ. އެހެންކަމުން އެފަދަ ކަންކަމުގައި އާންމުން އިތުރަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެ އެވެ.
މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ އުސޫލު ބަދަލުކުރަނީ
ގެއްލުނު މީހުން ހޯދަން އެމެރިކާގެ ނޭވީ މަތިންދާބޯޓެއް ނުކުމެއްޖެ
ސްޕެއިންގައި ތަމްރީނު މަތިންދާ ބޯޓެއް ވެއްޓި ދިވެއްސަކަށް އަނިޔާ
