ރޯދަމަހު ފަޖުރު ލީއްސުރެ އިރުއޮއްސުމާ ޖެހެންދެން ކެއިންބުއިމުން ދުރުވެ ތިބެން ޖެހޭއިރު މިއީ ބަރުދަން ލުއިކޮށްލަން ލިބޭ ރަނގެ ފުރުސަތެކެވެ. ރޯދަމަހު ބަރުދަން ލުއި ކުރަން ބޭނުން ނަމަ ބައެއް ކަންކަމަށް ސަމާލުކަން ދޭން ޖެހެ އެވެ.

ހަށިގަނޑުން ފެން މަދުވިޔަ ނުދިނުން

މިއީ ވަރަށް ގިނަ މީހުންނަށް އޮންނަނީ އުނދަގޫ ކަމަކަށް ވެފަ އެވެ. ރޭގަނޑު ގިނައިން ފެން ބުއިމަކީ ދުވާލު ހަށިގަނޑުން ފެން މަދުވާ މައްސަލަ އަށް އޮތް ހައްލެވެ. އަދި މިއީ ރޭގަނޑު މާގިނައިން ފޮނިތަކެތި ކާހިތްވުން ކޮންޓްރޯލް ކުރުމަށް ވެސް މުހިންމު ކަމެކެވެ. ދުވާލަކު 8 ތަށި ފެން އެއީ ފުދޭވަރެކެވެ. ރޯދަ މަހު މި މިންވަރަށް ފެން ހަމަކުރުމަށް މިގޮތަށް އަމަލުކުރެވިދާނެ އެވެ.

ލުއި ސިއްހީ ރޯދަ ވީއްލުމެއް ކެއުން

ރޯދަޔަށް ހުރުމުން ހަށިގަނޑުގެ މެޓަބޮލިޒަމް ދަށަށް ދާނެ އެވެ. އެހެންވެ ހަށިގަނޑަށް ހަކަތަ ދިނުން ވެސް މަޑުޖައްސާލަން ޖެހެ އެވެ. ރޯދަ ވީއްލާ ވަގުތަކީ މުޅި ދުވަހު ނުކައި ނުބޮއެ ހުރި ހުރުން ފުރިހަމަކޮށްލާ ވަގުތަކަށް ނުހަދާށެވެ. ދުވަހުގެ ފާއިތުވި ވަގުތު ނުކައި ހުރިކަން ހަނދާން ނައްތާލާށެވެ. އާންމުކޮށް ކާ ވަގުތެއްގައި ކައި މިންވަރަށް ހަމަޖެހިލައިގެން ކާށެވެ.

ހާރު ކާން ސަމާލުވުން

ހާރު ނުކައި ރޯދަޔަށް ހުންނަ ފަސޭހައޭ ބައެއް މީހުން ބުނެ އެވެ. އެކަމަކު ހާރު ނުކައި ރޯދަޔަށް ހުރެފި ނަމަ ރޯދަ ވީއްލާ ވަގުތު މާގިނައިން ކެވޭ ގޮތް މެދުވެރިވެ އެވެ. ކާބޯހައިޑްރޭޓްސް ހުންނަ ކާނާ ބޭނުކުރާށެވެ. އެއީ ދުވާލު ބަނޑުހައިވުން ކުޑަކުރުމަށާއި ލޭގައި ގުލްކޯޒްގެ މިންވަރު އެއް ހަމައެއްގައި ހިފެހެއްޓުމަށް އެހީއެއްގެ ގޮތުންނެވެ.

ހަރަކާތްތެރިވުން

ރޯދަ މަހަކީ ކަންނެތްވެ، އަބަދު އޮށޯވެ އޮންނަންޖެހޭ މަހެއް ނޫނެވެ. ކޮންމެ ދުވަހަކު ވެސް އާންމުކޮށް ކޮށް އުޅޭ މަސައްކަތްތައް ކުރަންވީ އެވެ. އެކަމަކު ގަދަ ހޫނުން ރައްކާތެރިވާށެވެ. އަދި ރޯދަ ވީއްލުމަށް ފަހު ބައި ގަޑިއެއްހާއިރު ފަހުން ލުއި ކަސްރަތެއް ކޮށްލާށެވެ. ނުވަތަ ޕާސަނަލް ޓްރެއިނަރުގެ ލަފަޔާ އެކު، ކުރާނެ ކަސްރަތެއް ކަނޑައަޅާށެވެ.