މިފަހަރު މިގެނެސްދެނީ ރޯދަ ވީއްލާ ގަޑިއަށާއި ހާރުދަމަށް ތައްޔާރު ކޮށްލަން ރަނގަޅު ބަތުގެ ބާވަތެކެވެ. ރަހަ ވެސް މީރު މި ކެއުމަކީ ހަދާލަން ވެސް ފަސޭހަ ކެއުމެކެވެ.
ބޭނުންވާ ތަކެތި
- 1 ސައިސަމްސާ ކުކިން އޮއިލް
- 3 ބިސް (ގިރާފައި)
- 3 ޖޯޑު ބަތް (ކައްކާފައި)
- 1 ޖޯޑު ގެރިމަސް (ފެނުކައްކާފައި ނުވަތަ ރޯސްޓްކޮށް ކިއުބްކޮށް ކޮށާފައި)
- 3/1 ޖޯޑު ފިޔާ (ހިމުންކޮށް ކޮށާފައި)
- 1 ޖޯޑު ބީންސް (ކޮށާފައި)
- 1 ސައި ސަމުސާ ސޯޔާ ސޯސް
- 1 ސައި ސަމުސާ އޮއިސްޓަރ ސޯސް
- 1 ސައި ސަމްސާ މުގުރި ދިރި
- 2/1 ސައިސަމްސާ ތެޅިމިރުސް
- ލޮނު ކޮޅެއް
ތައްޔާރު ކުރާނެ ގޮތް
- ތަވައެއް އުދުންމަށްޗަށް އުދާފައި ކުޑަތެޔޮކޮޅެއް އެޅުމަށް ފަހު ގިރާފައި ހުރި ބިސް އަޅާލާފައި ކިރިޔާ ފިހެވޭވަރަށް 30 ސިކުންތު ވަންދެން ފިހެލާށެވެ.
- ބިސްގަނޑުގެ ތިރީފުށް ފިހެވުމުން ކައްކާފައި ހުރި ބަތްކޮޅު އަޅާލުމަށް ފަހު 3 މިނެޓް ވަންދެން ކައްކާލާށެވެ. ތަވާ މާބޮޑަށް ހޫނުވެ ދުން އަރާނަމަ އުނދުނުގެ ގިނި މަޑު ކޮށްލާށެވެ.
- ދެން ގެރިމަސްކޮޅާއި އޮއިސްޓަރ ސޯސް އާއި ސޯޔާ ސޯސް ކޮޅު އަޅާލުމަށް ފަހު އެއްކޮށްލާށެވެ. ދެން ދިރިކޮޅާއި ތެޅިމިރުސްކޮޅާއި ލޮނުކޮޅު އެޅުމަށް ފަހު އެއްކޮށްލައްވާށެވެ.
- ރަނގަޅަށް އެއްވުމުން ފިޔާކޮޅާއި ބީންސްކ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއްކޮށް ނިމުމުން އުދުން ނިއްވާލުމަށް ފަހު 2 މިނެޓް ވަރު ނުހަލާ ބަހައްޓާށެވެ.