ކަރަން ކުންދުރާ އޭނާގެ ލޯބިވެރިޔާ ތޭޖަސްވީ ޕްރަކާޝްއަށް މަލާމާތް ކޮށްފި އެވެ.

ތޭޖަސްވީ ވަނީ ދާދި ފަހުން ވަނީ އެއް ކްރޯރް ރުޕީސްގެ ކާރެއް ގަނެފަ އެވެ. އަދި ކާރު ނެގުމަށް ރިކްޝާ (ކުރޮޅި) އެއްގައި ތޭޖަސްވީ ގޮސްފައިވާއިރު، ކަރަން ވަނީ އެކަމާއި ވަރަށް ބޮޑަށް މަލާމާތް ކޮށްފަ އެވެ.

އެގޮތުން ކަރަން ވަނީ، އޭނާގެ ޔޫޓިއުބް ޗެނަލްގައި އެކަން ފާހަގަކޮށް ވީޑިއޯއެއް ޕޯސްޓުކޮށްފަ އެވެ. އަދި އަލަށް ގަންނަ އަގު ބޮޑު ކާރު ބަލައި ކުރޮޅިއެއްގައި ދާނީ ކާކުތޯ ކަރަން ވަނީ ސުވާލުކޮށްފަ އެވެ.

ކަރަން އާއި ތޭޖަސްވީ އާންމުންގެ މަގުބޫލުކަން ހޯދާފައިވަނީ ކަލާސް ޓީވީން ދައްކާ އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ "ބިގް ބޮސް 15" ގެ ބައިވެރިންގެ ގޮތުގައި ބައިވެރިވެގެންނެވެ.

އެގޮތުން ކަރަން އާއި ތޭޖަސްވީގެ ޖޯޑު އާންމުންނަށް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފަ އެވެ. ހަމައެހެންމެ އާންމުން ވަނީ އެ ޝޯ ކާމިޔާބުކަމާއެކު ކުރިއަށް ދިޔައީ އެދެމީހުންގެ ލޯބީގެ ގުޅުން އޮން ސްކްރީނުން ފެނުމުންކަމުގައި އާންމުން ސިފަކޮށްފައިވެ އެވެ.