ބުޅިއެއްގެ ބައްޓަމަށް ހުންނަ މި ކުޑަ ހަންޖަރަކީ ޒަމާނުއްސުރެ އަރަބިންގެ ހެދުން އެޅުމުގައި ބޭނުން ކުރެވޭ އެއްޗެކެވެ. ޒަމާންތައް ބަދަލު ވަމުން އަައިސް "ޖާންބިޔާ" ނަމަކަށް ކިޔާ މި ހަންޖަރު ވެފައިވަނީ އަރަބި ސަގާފަތުގެ މުހިއްމު ރަމްޒަކަށެވެ.
ޖަންބިޔާއަކީ އަރަބިންގެ ސަގާފީ ހެދުން އެޅުމުގެ ތެރެއިން ފިރިހެނުންގެ އުނަގަނޑުގައި އަޅާ ބެލްޓަކަށް ޖަހާ ޚަންޖަރެކެވެ. ޚަންޖަރުގެ މުއްގަނޑުގައި އެކި ގޮތްގޮތަށް ކެނޑުންތައް ކަނޑާފައިި ހުންނައިރު މި ކެނޑުންތަކަކީ އޭގެ ވެރިމީހާގެ އިޖުތިމާއީ ހައިސިއްޔަތާއި ފެންވަރު ދައްކުވައިދޭ ކެނޑުންތަކެކެވެ.
ޖަންބިޔާގެ ތާރީޚު އަރަބި ކަރައަށް އިސްލާމް ދީން ފާޅުވުމުގެ ކުރިއަށް ދާއިރު މިހާރު މިއީ އަރަބިންގެ ގައުމީ ފަޚުރެއް ކަމުގައި ދެކޭ ގަހަނާ އެކެވެ. އަރަބިންގެ ކާބަފައިންނަށް އިހުތިރާމު އަދާ ކުރުމުގެ ގޮތުން މިހާރު ވެސް އެ ހިސާބުގައި މިއަށް ވަރަށް މަތީ ދަރަޖައެއް ދެވިފައި އޮވެ އެވެ.
ސައޫދީ އަރަބިއާ، ޔަމަން އަދި އޮމާން ފަދަ އަރަބި ކަރައިގެ ގައުމުތަކުގައި އާއްމުކޮށް ފެންނަ ޖަންބިޔާގެ އަގުގައި އެތައް ހާސް ޑޮލަރެއްގެ އަގު ހިމެނެ އެވެ. ލޮއިންނާއި ދަގަނޑުން ހަދާ މި ޚަންޖަރަކީ އާއިލާއެއްގެ އެއްޖީލުން އަނެއް ޖީލަށް ފޯރުކޮށްދެވޭ އަގުބޮޑު ތަރިކަ އެެކެވެ.
ޒަމާނަށް އައި ބަދަލާއެކު އާއްމު ހެދުން އެޅުމުގައި މި ގަހަނާ ބޭނުން ނުކުރެެވުނު ނަމަވެސް ހާއްސަ ހަފްލާ ތަކާއި މުނާސަބަތުތަކަށް ހެދުން އެޅުމުގައި އަދިވެސް އަރަބި ފިރިހެނުން ޖަންބިޔާ ބޭނުން ކުރެ އެވެ.
އެންމެ ފަހުން ގޯވިންދާގެ ވަރުގަދަ ރައްދެއް އަންހެނުން ސުނީތާއަށް!
މޯލްޑިވިއަނުން ގަންނަން ޖެހޭ ހިދުމަތްތަކެއް ތައާރަފުކޮށްފި
"އާވާރާޕަން 3" ވެސް ވަރަށް އަވަހަށް ފެނިދާނެ ކަމަށް ބުނެފި