ޝައިޚް އިބްރާހީމް މެންކް ދެއްވާ ދަރުހެއް މިރޭ ހުޅުމާލޭ ޣާޒީ ސްކޫލުގައި އޮންނާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި މި ދަރުހަކީ އިސްލާމިކް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި ގުޅިގެން ބާއްވާ ދަރުހެކެވެ. އަދި ޝައިޚް އިބްރާހީމް މެންކް ދެއްވާ މި ދަރުސް އޮންނާނީ ހުޅުމާލޭ ޣާޒީ ސްކޫލުގައި މިރޭ 9:30 ގައި ކަމަށް އެމިނިސްޓްރީން ބުނެފައިވެ އެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ މި ދަރުސް ބާއްވަން ހަމަޖެހިފައިވަނީ "ސީކިން ސޮލޭސް" ނުވަތަ "ހިތްހަމަ ޖެހުން ހޯދުން" މި މަޢުޟޫއަށް ކަމަށެވެ. އެގޮތުން މި ދަރުހަކީ ޒުވާނުންނާ ގުޅޭ ގޮތަށް އިނގިރޭސި ބަހުން ކުރިއަށް ގެންދާ ދަރުހެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ޝައިޚް އިބްރާހީމް މެންކްއަކީ ޒިންބާބުވޭގެ މަޝްހޫރު ދާއީ، މުފްތީ އިސްމާއީލް މެންކަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.

މަދީނާ ޔުނިވާސިޓީން މަތީ ތައުލީމް ހާސިލްކޮށްފައިވާ ޝައިޚް އިބްރާހީމް މެންކް މީގެ ކުރިން ވެސް ރާއްޖޭގައި ގިނަ ދަރުސްތަކެއް ދެއްވާފައިވެ އެވެ.