ގއ. ދާންދޫ ސްކޫލުގެ ދަރިވަރުންތަކެއް ކިޔަވަން ތިބި ކްލާހެއްގެ ފަންކާއެއް ވެއްޓިއްޖެ އެވެ.
އެ ކްލާހުގައި ޖައްސާފައި ހުރި ފަންކާ އިއްޔެ ވެއްޓުނީ އެތަނުގައި ހުރި މޭޒެއްގެ މައްޗަށެވެ.
އެ މޭޒުގެ ކައިރީގައި ފިރިހެން ދަރިވަރަކު އިން އިރު، އެ ކުއްޖާއަށް ސީރިއަސް އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް ފަހީމާ އަހުމަދު ވިދާޅުވި ގޮތުގައި ފަންކާ ވެއްޓި، އޭގެ ފިޔަތައް އެކުއްޖާ ގައިގައި ޖެހުމުގެ ސަބަބުން އަތަށާއި ބޮލުގެ އަރިމަތިން ކުޑަ ތަންކޮޅެއް ދުޅަވެފައިވެ އެވެ.
ނަމަވެސް ކުއްޖާގެ ހާލަތު ސީރިއަސް ނޫން ކަމަށާއި، އެ ކުއްޖާ މިއަދު ވެސް ސްކޫލަށް ހާޒިރުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ފަހީމާ އިތުރަށް ވިދާޅުވީ، ވެއްޓިފައިވަނީ އަޑުގޮވާ ފަންކާއެއް ނޫން ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ސްކޫލްގެ ދެން ހުރި ފަންކާތަކުގައި މައްސަލައެއް ހުރިތޯ ބަލަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާ ކަމަށް ފަހީމާ ވިދާޅުވި އެވެ.

މި ގައުމުތަކުގައި ރޯދަ މަހުގެ ތަޖުރިބާ ވަރަށް ތަފާތު!
އެފްއޭއެމްގެ ހިޔާނާތް: އަގީލް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ދެ އިންތިހާބު އެއްކޮށްލަން ކުރީ ސަރުކާރުން ވެސް ބޭނުންވި: ޝިޔާމް
