ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނިގޮތުގައި މިއީ ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ސިންގަޕޫރުގައި ހޭދަވާނީ ކިހާ ދުވަހެއް ކަމަށް އެ އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ސޯލިހު ވަނީ މި ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ވެސް ސިންގަޕޫރަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އެފަހަރު ވަޑައިގެންނެވީ ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށެވެ.
އެމަނިކުފާނުގެ އޮޕަރޭޝަނަށް ފަހު ރާއްޖެވަޑައިގެންނެވި ފަހުން އެކި އަތޮޅުތަކަށް ވެސް ދަތުރުކުރައްވާ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާފައިވެ އެވެ. ނަމަވެސް ޑޮކްޓަރުންވަނީ އެމަނިކުފާނަށް ވީހާ ވެސް މަދުން ވާހަކަފުޅު ދައްކަވަން އިރުޝާދު ދެއްވާފައި ކަމަށް ރައީސް ވިދާޅުވި އެވެ.
މައާނީގެ ގެތުންތަކަށް ގިނަ ބައެއްގެ ތައުރީފު
ބްރިޖް މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލައިފި
"އާވާރާޕަން 3"ގެ މަސައްކަތް ފަށަން ތައްޔާރުވަނީ؟