މިފަހަރު މި ގެނެސްދެނީ ހަދާލަން ވަަރަށް ފަސޭހަ ތައްޔާރު ކުރަން އެހާ ގިނަ ބާވަތްތައް ވެސް ބޭނުން ނުވާނެ ކެއުމެކެވެ. މި ކެއުން ތިބޭފުޅުންނަށް ކަމުދާނެ ކަމަށް ހީކުރަމެވެ.

ބޭނުންވާ ތަކެތި

  • 1 ޕާން
  • 1 ޕެކެޓް ޗީޒް ސްލައިސް
  • 1 ޕެކެޓް ސޮސެޖް (ފެނުކައްކާފައި)

ތައްޔާރުކުރާނެ ގޮތް

  1. ޕާންފޮތިތައް ރޮށި ދަމާ އެތީގައި ބާއްވާ ތުނިތުނިކޮށް ދަމާލާށެވެ.
  2. އެއަށްފަހު ޕާންފޮތި މައްޗަށް ޗީޒް ސްލައިސެއް ލާށެވެ. އޭގެ މަތީގައ ފެން ހިއްކާފައި ސޮސެޖެއް ބޭއްވުމަށްފަހު އަރިމަތީގައި ބިސް ހާކައި ޕާންފޮތި ތަތްކޮށްލާށެވެ.
  3. އެއަށްފަހު ސޮސެޖް ރޯލްގައި ރަނގަޅަށް ބިސް ހޭކުމަށްފަހު ނަގައި ފާރޮށި ކުނޑި ލާށެވެ.
  4. އެއަށްފަހު ތެޔޮގަނޑު އުނދުން މައްޗަށް އުނދާށެވެ. ހޫނުވުމުން ސޮސެޖް ރޯލްތައް ތެލުލާށެވެ.