އިންޑިއާގެ ވެރިރަށް ދިއްލީގެ މަގުތަކުން ކުރޮޅިއަކީ އާއްމުކޮށް ފެންނާނެ އުޅަނދެކެވެ. ފެއްސާއި ރީނދޫ ކުލައިގެ މިއުޅަނދަކީ އާއްމު ދަތުރުފަތުރުގެ ނިޒާމެވެ.

އާއްމުކޮށް އެއްކަހަލަ ގޮތަކަށް މި އުޅަނދުތައް ފެނުނު ނަމަވެސް މަހެންދްރަ ކުމާރުގެ ކުރޮޅި އެހެން ކުރޮޅިތަކާ ތަފާތުވާނެ އެވެ. އޭނާގެ ކުރޮޅީގެ ފުރާޅުގައި ހަދާފައިވާ ބަގީޗާގެ ސަބަބުންނެވެ.

ކުމާރު ބުނި ގޮތުގައި މި ބަގީޗާގެ ސަބަބުން އެންމެ ހޫނު މޫސުމުގައި ވެސް އޭނާގެޔ ކަސްޓަމަރުންނަށް ފިނިކަން އިހުސާސް ކޮށްދެ އެވެ. ފުރާޅު ބަގީޗާއާއެކު ކުމާރު ވަނީ އޭނާގެ ކުރޮޅީގައި ދެ ކޫލަރު ވެސް ހަރުކޮށްފަ އެވެ.

ދިއްލީގެ ހޫނު މޫސުމުގައި މި ދުވަސްކޮޅު ހޫނުމިން އުޅެނީ 45 ޑިގްރީ ސެލްސިއަސްގަ އެވެ. މި ހޫނުމިނަކީ މަގުތަކުގެ ތާރުވެސް ވިރޭފަދަ ހޫނެކެވެ.

ކުމާރު އޭނާގެ ކުރޮޅި ކައިރީގައި މަޑު ކޮށްލައިގެން

އުމުރުން 48 އަހަރުގެ ކުމާރު ވަނީ އޭނާގެ ކުރޮޅި ބަގީޗާގައި 20 އަށްވުރެ ގިނަ ވައްތަރުގެ މާ ގަސްތަކާއި އެހެން ވެސް ތަފާތު ވައްތަރުގެ ގަސްތައް އިންދާފަ އެވެ.

މިކަމުގެ ސަބަބުން އޭނާގެ ކަސްޓަމަރުން ހިދުމަތް ހޯދައިގެން ދަނީ ވަރަށް އުފަލުން ކަމަށާއި ދަތުރުގެ އަގުގެ އިތުރުން ވެސް ބައެއް މީހުން ފައިސާ ދޭ ކަމަށް ކުމާރު ބުންޏެވެ.

ދިއްލީގައި ހޫނު މޫސުމުގެ ހޫނު ގަދަ ވުމުގެ ސަބަބުން އެ ހިސާބުގެ ރައްޔިތުންނަށް ގިނަ އުނދަގޫތަކެއް ދަނީ ކުރިމަތިވަމުންނެވެ.