ފަޅޮލަކީ އަހަރުމެންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ މޭވާ އެކެވެ. ނަމަވެސް މިއަދު މި ބަލާލަަނީ އެއިން ކުރެވޭ ތަފާތު ބޭނުމަކަށެވެ. ފަޅޮލުއިވާ މުއްސަނދި މާއްދާތަކުގެ ސަބަބުން ހަންގަނޑަށް އާރޯކަން ގެނެސްދެ އެވެ. އެގޮތުން ފަޅޮލުގައި އެކުލެވޭ “ޕަޕާއިން” ކިޔާ އެންޒައިމްގެ ސަބަބުން ހަންގަނޑުގައި މަރުވެފައި ހުންނަ ހަންތައް ނައްތާލަދިނުމަށް އެހީވެދެ އެވެ. އެހެން ކަމުން ފަޅޯ ފޭސް މާސްކަކީ ރީތި ހަންގަނޑަކަށް އޮތް އެންމެ ފަސޭހަ އެއް ފަރުވާ އެވެ.

ބޭނުންވާތަކެތި

  • 1 ދޮން ފަޅޯ (ކޮށާފައި)
  • 1 ސައިސަމްސާ ކެލާ
  • 1 ސައިސަމްސާ މާމުއި

ތައްޔާރު ކުރާނެ ގޮތް

ކޮށާފައިވާ ދޮންފަޅޮލުގެ ތެރެއަށް ކެލާ އަދި މާމުއި އެޅުމަށްފަހު މިކްސަރުން ފުނޑާލާފައި ޕޭސްޓް ތައްޔާރު ކޮށްލާށެވެ. ދެން މޫނުގައި އާއި ކަރުގައި ރަނގަޅަށް މި ޕޭސްޓް އުނގުޅުމަށްފަހު 20 މިނިޓެވަންދެން ބެހެއްޓުމަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ. މި މާސްކް ހަފްތާ އަކު އެއްދުވަހު ބޭނުން ކޮށްލުން ރަނގަޅެވެ.