މިފްކޯއިން ހިންގާ ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި މަސް ރައްކާކުރާ ޖާގަ 10،000 ޓަނަށް އިތުރުކުރަން އެސްޓީއޯ އިން ނިންމައިފި އެވެ.
މިފްކޯގެ މައި ހިއްސާދާރު އެސްޓީީއޯ އިން ބުނީ އެ ދެ ރަށުގައި މަސް ރައްކާކުރެވޭ ޖާގަ 3،000 ޓަނުން 10،000 ޓަނަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނިން ހިންގާ 30 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ދަށުން ފެލިވަރާއި ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖްގެ ޖާގަ ބޮޑުކުރުމުގެ އިތުރުން ދެ ރަށުގެ ބަނދަރުގެ ޖާގަ ބޮޑުކުރަން ވެސް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ފެލިވަރުގައި ހުންނަ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ ކެޕޭސިޓީ އިތުރުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ފެލިވަރުގެ ޖާގަބޮޑުކުރަން ނިންމިއިރު މަސްވެރިކަން ރަނގަޅު މޫސުމުގައި ޖާގަ ނެތިގެން މަސް ނުކިރޭ މައްސަލަ ދިމާވެ އެވެ.
އެމްޑީޕީން ވެސް ގަބޫލުކުރަނީ މި ސަރުކާރު ބަރާބަރުކަމަށް: ޝިޔާމް
މީކާއީލް ފައްޔާޒަށް: ޕާޓީ ހިންގައެއް ނުލެވުނު، ބޭނުމީ ބަދަލެއް
އާފުރުމަކީ ސިކުނޑިއަށް ބަދަލުތަކެއް ގެނުވާ ކަމެއް: ދިރާސާ