ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލުކުރުން އެތައް ބަޔަކު އެއިން ސަލާމަތްވުމަށް މަސައްކަތް ކުރެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން ސަލާމަތްވުމަށް ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ރާނީ މުކަރްޖީ އަދި ވެސް މަސައްކަތް ކުރެ އެވެ.

ރާނީއަކީ އާންމުންގެ ތެރޭގައި އޭނާގެ ހިތް ތިރިކަމަށާއި، އޭނާގެ ރީތި އަހުލާގާއި ގުޅިގެން ގިނަ ބައެއްގެ މެދުގައި މަގުބޫލް ތަރިއެކެވެ. އަދި ރާނީ ދުންފަތުގެ އިސްތިއުމާލު ކުރާކަން އެނގުމަކީ އާންމުންނަށް އެކަމުން ސިހުމެއް ލިބުނު ކަމެކެވެ.

އެގޮތުން ރާނީ ދުވާލަކަށް 12 އަށް ވުރެ ގިނަ ސިނގިރޭޓު ބޯކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެ އެވެ.

ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުން ސަލާމަތްވުމަށް ރާނީ ގަދައަޅައި މަސައްކަތް ކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި ރާނީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް އޭނާގެ އާއިލާއިން ނުރުހޭކަންވެސް ހާމަވެފައިވެ އެވެ. އެގޮތުން ރާނީގެ މަންމަ، ކްރިޝްނާ މުކަރްޖީ، ރާނީގާރު އެ އާދަ ހުއްޓުމަށް ކިޔާކަމަށް އޭނާގެ މަންމަ ބުނެފައިވެ އެވެ.

ރާނީ އަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މުހިންމު ރޯލުތަކެއް އަދާކޮށްދިން ތަރިއެކެވެ.