ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން ހައްޔަރުކުރަން ގޮވާލައި އެ މަނިކުފާނުގެ ގެކޮޅަށާއި ޕީޕީއެމްގެ އޮފީސް ދޮރަށް ސްޕްރޭ ކުރި މީހާ ހައްޔަރު ކޮށްފި އެވެ.
ރައީސް ޔާމީން ދިރުއުޅުއްވާ ހ. ދޫވެހި އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަގޭގެ ދޮރުމައްޗަށް، އެ މަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާފައިވާ އިބާރާތްތަކަކާއި އެމަނިކުފާނުގެ ފޮޓޯ ދޭހަވާ ކުރެހުމެއް ސްޕްރޭކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ފަސް ދުވަހު ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އަދި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
ޔާމީންގެ ގެއަށާއި ޕީޕީއެމްގެ އޮފީހަށް ސްޕްރޭކޮށް ގެއްލުން ދިނީ، ޔާމީން ހައްޔަރުކުރުމަށް ގޮވާލައި ޔާމީންގެ ގެ ކުރިމަތީގައި މުޒާހަރާ ކުރި ފަހުންނެވެ.
ކޯމާގައި އޮންނެވުމަށްފަހު ތައިލޭންޑްގެ އަމީރާ އަވަހާރަވެއްޖެ
ވޯލްޑް ކަޕްގެ ތަފާތު ދެ ގައުމަކަށް ކުޅޭ ދެބެއިން!
ރޭގަނޑުގެ އަރާމު ނިންޖަކަށް ކޮފީ ބުއިން ހުއްޓާލަންވީ ކޮން އިރަކު؟