މަޝްހޫރު އެކްޓަރު ދީޕިކާ ޕަޑުކޯންއަކީ އިންޑިއާގައި ގިނަ ބަޔަކު އެންމެ ލޯބިކުރާ ކުޅަދާނަ އެކްޓަރެކެވެ.

ގިނަ އަދަދެއްގެ ރީތި ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިން ދީޕިކާގެ ރީތިކަމާއި އޭނާގެ އެކްޓްކުރުުގެ ހުނަރަކީ އެހެން އެތައް ފަންނާނުންނަށް ވުރެ ބޮޑަށް ދީޕިކާ ހާއްސަ ކޮށްދޭ ކަމެކެވެ. އަދި އޭނާއާ ގުޅޭ ކޮންމެ ކަމަކީ ވެސް ބެލުންތެރިން އެނގެން ބޭނުންވާ ކަންކަމެވެ.

އެގޮތުން ދާދި ފަހުން ކޭންސް ފެސްޓިވަލްގައި ދީޕިކާ ފެނިފައިވާއިރު، އޭނާ ލާފައިވާ ހެދުމާއި ސްޓައިލަކީ ތުންތުން މަތިން ގިނަ ބަޔަކު ވާހަކަ ދައްކާ މައުލޫއެކެވެ.

އެގޮތުން އެންމެ ފަހުން ދީޕިކާ ލީ ހެދުން ވެސް ވެގެން ދިޔައީ ގިނަ ބަޔަކު އެއާ މެދުގައި ވާހަކަ ދައްކާނެ ކަމަށެވެ. ކަޅު ކުލައިގެ ހެދުމެއްގައި ރަން ރޭނދާއިން ޒީނަތްތެރިކޮށްފައިވާ އެ ހެދުމުގެ އެންމެ ބޮޑަށް އަޅައިގަނެވިފައިވަނީ ހެދުމުގެ އަތެވެ. އެގޮތުން ހެދުމަށް ވުރެ އެތައް ހުނައަކަށް އަތް ބޮޑުކަން ފާހަގަކުރެވިފައިވެ އެވެ.

މި ހެދުމާ މެދުގައި އެކި މީހުންގެ ވަނީ އެކި ހިޔާލެވެ. އެއްބަޔަކަށް ދީޕިކާގެ ހެދުން ކަމުދިޔަ ނަމަވެސް ހެދުން ކަމު ނުދިއުމާއި ގުޅިގެން ސޯޝަލް މީޑިއާގައި އެއް ބަަޔަކު ފާޑު ވެސް ކިޔާފައިވެ އެވެ.