މައިގްރޭން އަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގައި ވެސް އެތައް ބަޔަކު ތަހައްމަލު ކުރަން ޖެހިފައިވާ މައްސަލަ އެކެވެ. ނަމަވެސް މިއީ ގޭގައި ވަރަށް ފަސޭހައިން ކުރެވޭ ކަމަކުން ވެސް ހައްލު ހޯދޭ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.
މީގެ ތެރެއިން އެއް ކަމަކީ މީހާގެ ހަށިގަނޑަށާއި މަސްތައް ރިލެކްސްވާ ފަދަ ޔޯގާ ކަސްރަތެއް ކުރުމެވެ. ޔޯގާގެ ގިނަ ފައިދާ ތަކެއް ސައިންޓިފިކް ދިރާސާތަކުން ހާމަ ވެފައިވާއިރު ޔޯގާއަކީ މައިގްރޭންގެ މައްސަލަ އަށްވެސް އެންމެ ރަނގަޅު އަވަސް ފަރުވާ އެވެ.
މައިގްރޭންގެ މައްސަލަ ފަސޭހަ ކުރުމަށް ދެން ކުރެވިދާނެ އަނެއް ކަމަކީ ރަނގަޅަށް ނިދުމެވެ. ބޭނުންވާ މިންވަރަށް ނިދި ހަމަ ކުރުމަކީ މައިގްރޭންގެ އުނދަގޫ ދުރުކޮށްދޭ ކަމެކެވެ.
އެއާއެކު ވީހާވެސް އަލި މަޑު ތަނެއްގައި މީހާ ހަމަޖެހިލައި އަރާމު ކުރުމަކީވެސް މައިގްރޭންގެ މައްސަލައަށް އޮތް ހައްލެކެވެ. އެހެން ކަމުން ނިދާއިރު ކޮޓަރީގެ އަލި މަޑުކޮށް ބަހައްޓާށެވެ.
އޭގެ އިތުރުން ވެސް ބޮލުގައި ރިއްސަންފެށުމުން އެރިއްސާ ދިމަދިމާލުގައި އަމިއްލައަށް މަސާޖްކުރުމަކީވެސް ބައެއް ފަހަރު އެ ރިހުން ލުއިކޮށްދޭ ކަމެއް ކަމަށް ތަޖްރިބަކާރުން ބުނެ އެވެ.
އެހެން ކަމުން މައިގްރޭންގެ މައްސަލަ ކުރިމަތިވާނަމަ މިކަންކަމަށް ސަމާލުކަން ބެހެއްޓުން މުހިއްމެވެ.
ޖިންސީ ގޯނާކުރި މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
މައިިންބަފައިންނާއި ދަރިން ގެންގުޅެންޖެހޭ ނިދުމުގެ އުސޫލުތަކެއް!
ބޯންމެރޯ ހަދަން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި