މޮސްކޯ (27 މެއި) - ޔޫކްރެއިންގައި މިހާރު ކުރިއަށްދާ ހަނގުރާމައިގައި ރަޝިއާގެ ފަރާތުން ބައިވެރިވުމަށް ދެކޮޅު ހެދުމުން ރަޝިއާ އަސްކަރިއްޔާގެ 100 އަށްވުރެ ގިނަ ސިފައިން ވަޒީފާއިން ވަކިކުރިކަން ހާމަވެއްޖެ އެވެ.

މި ސަބަބާ ހުރެ 115 ސިފައިންގެ މީހަކު ކަނޑާލައިފައިވާއިރު، އޭގެ ތެރެއިން ބައެއް ސިފައިން ވަނީ ދައުލަތާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅާފަ އެވެ.

މި މައްސަލައާ ގުޅިގެން ބޭއްވުނު ފުރަތަމަ އަޑު އެހުމުގައި ދެކުނު ރަޝިއާގައި ހުންނަ އެ އަސްކަރީ ކޯޓުން ވަނީ މިކަމުގެ ލިޔެކިޔުންތައް ބަލައި ކަމާބެހޭ ފަރާތްތަކާ ސުވާލުކޮށްފަ އެވެ.

އަސްކަރީ ސިއްރުތައް ހާމަވެދާނެތީ ސިއްރިއްޔާތުގައި ކުރިއަށް ގެންދިޔަ މި އަޑުއެހުމުގައި ސިފައިން ޔޫކްރެއިންގައި ކުރިއަށްދާ އޮޕަރޭޝަންގައި ބައިވެރިނުވީ ޒާތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ދައުލަތުގެ ނިންމުމަށް ކޯޓުން ވަނީ ގޮންޖަހާފަ އެވެ.

ކޯޓުގެ މީޑިއާ ސާވިސްއިން ރަޝިއާ އަސްކަރިއްޔާގެ ސިފައިންތަކެއް މިހާރު ކުރިއަށްދާ އޮޕަރޭޝަނެއްގައި ބައިވެރިނުވާ ކަމަށް ބުނެ ދައުލަތުން އެމީހުން ވަޒީފާއިން ވަކިކުރި މައްސަލައެއް ކޯޓުން ބަލަމުންދާ ކަން ޔަގީން ކޮށްދީފަ އެވެ.

މިއީ ޔޫކްރެއިން ހަނގުރާމައިގައި ބައިވެރި ނުވެގެން ރަޝިއާގެ ސިފައިންތަކަކަށް ފިޔަވަޅު އެޅިކަން އާއްމުކޮށް ހާމަވި ފުރަތަމަ ފަހަރެވެ. -- އަލް އަރަބިއްޔާ