ބުރަ ދުވަހަކަށްފަހު އަހަރުމެންނަށް ނިދަން އޮށޯވެވޭއިރު ހުންނަނީ އިރާކޮޅުން ފަސްވެފަ އެވެ. ތަންމަތީގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮވެ ނިދޭއިރު ހުންނަނީ މެންދަންވެފަ އެވެ. ނަތީޖާއަކަށްވަނީ ދުވަހުގެ އެންމެ މުހިއްމު ފެށުން ކަމަށްވާ ފަތިސް ނަމާދުގެ ވަގުތަށް ނުހޭލެވުމެވެ. މި ލިޔުމުގައި މި ބަލާލަނީ ފަތިސް ނަމާދުގެ ވަގުތަށް ހޭލަން ކުރެވިދާނެ ބައެއް ކަންކަމަށެވެ.

އިރުއޮއްސުމަށްފަހު ކެފެއިން ބޭނުން ނުކުރުން

ރައްޓެހިންނާއެކު ރޭގަނޑު ކޮފީއަށް ދިއުމަކީ ދިވެހިންގެ އާދަ އެކެވެ. ނަމަވެސް ފަތިހު ތެދުވަން ބޭނުންނަމަ އިރުއޮއްސުމަށްފަހު ކޮފީ ބުއިމަކީ ރަނގަޅު އާދައެއް ނޫނެވެ. އެހެން ކަމުން އަވަހަށް ހޭލަން ބޭނުން ނަމަ ހަވީރު ފަހެއްގެ ފަހުން ކޮފީ ބުއިން ހުއްޓާލަން ޖެހެ އެވެ.

ރޭގަނޑު ފޯނާއި ލެޕްޓޮޕް ބޭނުން ކުރުން ނުކުރުން

ދިރާސާތަކުން ދައްކާގޮތުގައި ރޭގަނޑު ވަގުތު ގިނައިރު ލެޕްޓޮޕް ބޭނުން ކުރުމާއި ފޯނުގެ ސްކްރީން ގިނަ ވަގުތު ބެލުމަކީ ނިދަން އުނދަގޫވާ ކަމެކެވެ. އެގޮތުން ރޭގަނޑު ނިދާއިރު ފޯނު އަތްނުފޯރާ ހިސާބުގައި ބޭއްވުމަކީ ފޯނާ ކުޅޭ ވަގުތު މަދުވެ ހަމަނިދި ލިބޭނެ ކަމެކެވެ.

ނިދުމުގެ ކުރިން ފެން ބުއިން

މިކަމަށް ދަލީލުކުރާ ސައިންޓިފިކް ހެއްކެއް ނެތް ނަމަވެސް ގިނަ ބަޔަކު ބުނާގޮތުން ނިދުމުގެ ކުރިން ފެން ތަށްޓެއް ބޯލުމުން ފަތިހު ހޭލަން ފަސޭހަވެ އެވެ. އެގޮތުން 300 މިލިލީޓަރަށްވުރެ މަދު ނުވާވަރަށް ނިދުމުގެ ކުރިން ފެންބުއިމުން ފަތިސް ވާންވާއިރަށް ފާހާނާއަށް ދާން ޖެހި ހޭލެވޭ ގޮތްވެ އެވެ.