ސްޕެއިނުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭ އާއި ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 32 އަހަރުގެ ޕީކޭ އަދި އުމުރުން 42 އަހަރުގެ ޝަކީރާގެ ގުޅުމަށް 12 އަހަރު ވެފައިވާއިރު، އެ ދެމީހުން ދެ ކުދިން ލިބިފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕީކޭ މިހާރު ދިރިއުޅެމުން އަންނަނީ ވަކި ކަމަށާއި ރޭގަނޑު ވަގުތުތަކުގައި އެކުވެރިންނާއެކު ވަގުތު ހޭދަކުރާ މަންޒަރު ފެނިފައިވާ ކަމަށެވެ.

ޕީކޭ އާއި ޝަކީރާ ވަކިވެފައި މިވަނީ ޕީކޭ އެހެން އަންހެނަކާއެކު ޝަކީރާއަށް "ރެޑް ހޭންޑް" ކޮށް ފެނިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެ އިތުރުން ޕީކޭ އާއި ޝަކީރާ ސޯޝަލް މީޑިއާއަށް އެ ދެމީހުންނާއި ގުޅުން ހުރި ޕޯސްޓެއް ކޮށްފައިނުވެ އެވެ.

https://www.instagram.com/p/CEbNjwyiudf/?hl=en

ޕީކޭ އާއި ޝަކީރާ 2020 ވަނަ އަހަރު ރާއްޖެއަށް ވަނީ ޗުއްޓީ ހޭދަކުރުމަށް އައިސްފަ އެވެ.

"ހިޕްސް ޑޯންޓް ލައި" އާއި "ވެނޭވާ، ވެނޭވާ" ފަދަ މަޝްހޫރު ލަވަކިޔާފައިވާ ޝަކީރާ އުމުރުން 13 އަހަރުގައި 1991 ވަނަ އަހަރު ފުރަތަމަ އަލްބަމް ނެރުނު ފަހުން ވަނީ މިހާތަނަށް 11 އަލްބަމް ނެރެފަ އެވެ. އެންމެ ފަހުން ނެރުނީ 2017 ގައި "އެލް ޑޮރާޑޯ" އެވެ.

https://www.instagram.com/p/B2DNGXGg5Cy/?hl=en

މެންޗެސްޓާ ޔުނައިޓެޑުން ފާހަގަކުރެވުނު ޑިފެންޑަރު ބާސެލޯނާ އަށް ބަދަލުވެ ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގު އަށް ފަހަރު އަދި ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. ސްޕެއިނާ އެކު 2010 ގެ ވޯލްޑް ކަޕާއި 2012 ގެ ޔޫރޯ ކާމިޔާބުކުރި ޕީކޭ އަމިއްލަ ވިޔަފާރި ވެސް އޮވެ އެވެ