މާގިނައިން ފޮނި އެއްޗެހި ކާހިތްވުމަކީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ކޮންމެ ކެއުމަކަށްފަހު ވެސް ފޮނި އެއްޗެއް ކާލުމުން ނޫނީ ހިތެއް ނުފުރެ އެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

ދިރާސާތަކުން ދައްކާ ގޮތުގައި ގިނައިން ފޮނި އެއްޗެހި ކާހިތްވުމަކީ އާދައަކަށް ވެސް ވެދާނެ އެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި، ފޮނި އެއްޗެހި ކެއުމަކީ ވަކި ކަމެއް ހާސިލްކުރެވުމުން ލިބޭ އިނާމެއްގެ ގޮތުގައި ގަބޫލުކުރެވިފައި އޮތް އޮތުމަކީ މިފަދަ ހާލަތެއްގައި ފޮނި އެއްޗެހި ކާހިތްވުމަށް މެދުވެރިވެދާނެ ސަބަބެކެވެ.

މާބޮޑަށް ސްޓްރެސްވުމަކީ ކާއެއްޗެހި ކާހިތްވުމާ ގުޅޭ ހޯމޯން ދައުރުވުމަށް ދިމާވާކަމެކެވެ. ސްޓްރެސް ހޯމޯންއެއް ކަމަށްވާ ކްރިސްޓޯލްއަކީ ފޮނި ކާއެއްޗެހި ކާހިތްވުމަށް މެދުވެރިކުރުވާ ހޯމޯންއެކެވެ.

އޭގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބުމަކީ ވެސް ފޮނި ކާއެއްޗެހި ކާ ހިތްވެދާނެ ސަބަބެކެވެ.

ދިރާސާއަކުން ދައްކާ ގޮތުގައި، ބޭނުންވާ ވަރަށް ނިދި ނުލިބުމުން، ފޮނި، ލޮނު އަދި "ސްޓާޗީ" ކާއެއްޗެހި ގިނައިން ކާން ބޭނުންވެ އެވެ.

ފޮނި ކެއުންތައް މަދުކުރުމަށްޓަކައި މާހިރުން ލަފާދެނީ ހަށިގަނޑަށް ފައިދާހުރި ތަރުކާރީއާއި މޭވާއަށް ހަށިގަނޑު ހޭނުއްވުމަށެވެ. ފުރަތަމަ އުނދަގޫ ވިޔަސް ފަހުން އެކަމަށް އާދަވާނެ ކަމަށް އެ ބޭފުޅުން ބުނެ އެވެ