ދުނިޔޭގެ ތިމާވެށި ދުވަހާއި ގުޅިގެން އެމްޑަބްލިޔުއެސްސީއިން "ނަލަ ވެށި" ނަމުގައި ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ މި ކެމްޕޭނުގެ ދަށުން ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށް މުޅި އަހަރަށް ބަހައިލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
"ނަލަ އޮފީސް" ދަށުން އެމްޑަބްލިޔުއެސްސީ ހެޑް އޮފީހުގަޔާއި ކަސްޓަމާ ސާރވިސް ބިލިޑިންގެ ކޮންމެ ފުލޯއެއްގައި ވަނީ ޑަސްބިން ބަހައްޓާފަ އެވެ. ދުވަހާއި ގުޅުހުރި ޕޯސްޓަރުތައްވެސް ވަނީ ބަހައްޓާފަ އެވެ.
އެމްޑަބްލިޔުއެސްސީއަކީ ތިމާވެއްޓާއި ރައްޓެހި މުވައްޒަފުންތަކެއް ބިނާ ކުރުމަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ހާމަކުރެ އެވެ.
ދުނިޔޭގެ ތިމަވެށީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫންމަހުގެ ފަސް ވަނަ ދުވަހުއެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ "އޮންލީ ވަން އާތް-ލިވިން ސަސްޓެއިނަބްލީ އިން ހާމަނީ ވިތް ނޭޗާ" އެވެ.
ދޯންޏެއް އަޑިއަށް ގޮސް ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިއްޖެ
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!