ބޮލިވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާނާއި އޭނާގެ ބައްޕަ ސަލީމް ޚާނަށް މަރުގެ އިންޒާރު ދީފި އެވެ.

މިދިޔަ މަހު އިންޑިއާގެ ޕަންޖާބުގެ މަޝްހޫރު ރެޕާ، ސީދޫ މޫސް ވާލާ ގަޔަށް ބަޑި ޖަހައި މަރާލި ހާދިސާއާ ގުޅިހެން ސަލްމާން ޚާންގެ ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފަ އެވެ.

ސަލްމާންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވަނީކޮށް އިންޒާރު ސަލްމާނަށާއި އޭނާގެ ބައްޕައަށް އިންޒާރު ދީފައިވަނީ ސިޓީއަކުން ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކުރުމާއެކު މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ސަލްމާނާއި ސަލީމަށް ސިޓީއަކުން އިންޒާރު ދިނީ ކޮންމެ ދުވަހަކު ވެސް ސަލީމު ހެނދުނު ހިނގާލަން ނުކުމެ، މަޑުކޮށްލައިގެން އިންނަ ބެންޗްގައި ސިޓީ ބާއްވައިގެންނެވެ. ސަލްމާނަށް އެޑްރެސްކޮށްފައި އޮތް އެ ސިޓީ ސަލީމަށް ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ އެވެ

އެ ސިޓީގައި އެމީހުން މަރާލަން ރާވަމުން ދާތީ އެކަމާ ސަމާލުވުމަށް ބުނެފަ އެވެ.

އެ ސިޓީ އަކީ މީގެ ކުރިން ވެސް ތަކުރާރުކޮށް ސަލްމާނަށް މަރުގެ އިންޒާރު ދީފައިވާ ލޯރެންސް ބިޝޯގީ ގޭންގްގެ ސިޓީއެކެވެ. އެ ގޭންގުން ވަނީ 2008 ވަނަ އަހަރުވެސް އިންޒާރު ދީފަ އެވެ.

ސިދޫ މޫސްގެ މަރަށް ފަހު މިފަދަ އިންޒާރުތައް ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަން ވަނީ ފަށައިފަ އެވެ.