މިއަދަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ކާރްތިކް އާރްޔަންގެ އުފަންދުވަހެވެ.
ބޮލީވުޑްގެ ތަރިންނާއި އޭނާގެ ފޭނުން ދަނީ އެކި ގޮތްގޮތަށް ކާރްތިކްއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުންނެވެ.
އޭގެ ތެރެއިން އެންމެ ލޮލުގައި އަޅައިގަތީ ބޮލީވުޑްގެ ރާނީ ޕަދްމާވަތީ، ދީޕިކާ ޕާޑުކޯންގެ ތަހުނިޔާ މެސެޖެވެ. ކާރްތިކްގެ އިންސްޓަގްރާމް ޕޯސްޓަށް ކޮށްފައިވާ ކޮމެންޓެއްގައި ވަނީ އުފަންދުވަހުގެ ތަހުނިޔާގެ އިތުރުން މިއަންނަ އަހަރުގެ ތެރޭގައި އެކުގައި ފިލްމަކަށް ސޮއިކުރަން އެދޭ ކަމަށް ބުނެފަ އެވެ.
މީގެ ކުރިން ކާރްތިކް ވެސް ވަނީ ދީޕިކާއާއެކު މަސައްކަތްކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އެގޮތުން އެ ދެ ތަރިން އެކުގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން "އެއްވެސް ޑައިރެކްޓަރަކަށް ކެރޭނެހޭ؟" ސުވާލުކޮށްފަ އެވެ.
މި ދެތަރިން އެކުގައި ފެންނާނެ ދުވަހަކަށް ފޭނުން ތިބީ އިންތިޒާރުގަ އެވެ.
ދަންވަރު ބަދިގެއަށް ވަނުމުގެ ކުރިން މިކަމަށް ވިސްނާލާ!
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އަލުން ހުޅުވާލައިފި
ވޯލްޑް ކަޕާ 2026: ކޮންމެ މެޗެއްގެ ކުރިން ބޯޅަ "ޗާޖު" ކުރަން ޖެހޭ!
