ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާން އާއެކު ކިޔާފައިވާ ލަވައިގެ ޓީޒާ ދައްކައިލައިފި އެވެ.

ޝާންގެ އިންސްޓަގްރާމްގައި ވަނީ ލަވައިގެ ޓީޒާ ބެލުންތެރިންނަށް ހިއްސާ ކޮށްފަ އެވެ.

"ދިލް އުޅެޔާ" ގެ ނަން ދީފައިވާ މި ލަވާގެ ވީޑިއޯ ނެރުމަށް ހަމަޖެހިފައިވާ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ރާއްޖޭގައި ޝޫޓްކޮށްފައިވާ މި ލަވައަކީ ޑާންސް ފީލް ހިމެނައިގެން ރެގޭ މިއުޒިކަށް އުފައްދާފައިވާ ލަވައެކެވެ. އުނޫޝާ އާއެކު ޝާން ގެނެސްދޭ މި ލަވައިގައި ދިވެހި ބަހުން ޝާންގެ ރެޕް ބައެއް ހިމެނެ އެވެ.

ލަވައިގެ މަންޒަރުތައް ނަގާފައިވަނީ ކްރޮސް ރޯޑްގެ ހާޑް ރޮކް ހޮޓެލްގަ އެވެ.

https://www.instagram.com/p/CedCnBVB4DW/

ބެކްގްރައުންޑް ބޭންޑެއްގެ ގޮތުގައި ދިވެހި ފަންނާނުން ފެންނަ މި ލަވައިގައި ބޮޑުބެރުގެ އަޑުތައް ވެސް ހިމަނާފައިވެ އެވެ.

މިލަވައިގެ ދިވެހި ޅެން ހަދާފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަ) ފާހަގަ ކޮށްލެވެ އެވެ.

https://www.youtube.com/watch?v=gPtz4_wu2zE

"މޯލްޑިވިއަން އައިޑޮލް" ގެ ފަނޑިޔާރުކަން ކޮށްފައިވާ އުނޫޝާ އަށް ޝާންއާ އެކީ ލަވައެއް ކިޔުމުގެ ފުރުސަތު ލިބުނު އިރު، އޭނާ ކުރިން ހިންދީ ފިލްމަކަށް ވެސް ލަވައެއް ކިޔައި ދީފައިވެ އެވެ. އެއީ ޕޫޖާ ބަޓް ޑައިރެކްޓްކޮށް 2012 ގައި ގެނެސްދިން "ޖިސްމު 2" އަށެވެ.