"އެމްޓީވީ މޫވީސް އެންޑް ޓިވީ އެވޯޑްސް 2022"ގެ އެންމެ މޮޅު ފިލްމުގެ އެވޯޑް "ސްޕައިޑާ މޭން - ނޯ ވޭ ހޯމް" އަށް ލިބިއްޖެ އެވެ.
ކެލިފޯނިއާގެ ސެންޓަ މޮނީކާގައި ބޭއްވި ރަސްމިއްޔާތެއްގައި "އެމްޓީވީ މޫވީސް އެންޑް ޓީވީ އެވޯޑްސް 2022" ގެ އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރި "ސްޕައިޑާ މޭން- ނޯވޭ ހޯމް" އަށެވެ. މިއީ ޖޯން ވަޓްސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ސުޕައިޑާ މޭންގެ ސިކުއެއްލްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއްގެ ލިބިގެން ގޮސްފައިވަނީވެސް އެފިލްމަށެވެ.
އެންމެ މޮޅު ޓީވީ/ސީރީޒް އަކަށް ހޮވިފައިވަނީ "ޔޫފޯރިއާ"އެވެ. އަދި ހަމަ އެހެންމެ ބެސްޓް ޕަފޯމަންސްގެ އެވޯޑު ލިބިފައިވަނީ ޓޮމް ހޮލެންޑު އަށެވެ.
މިއާއެކު "ސްޕައިޑަ މޭން - ނޯ ވޭ ހޯމް"އަށް ޖުމްލަ 02 އެވޯޑެއް މިވަނީ ލިބިފަ އެވެ. އެއީ މީގެ އިތުރުން އޮސްކާގެ "ބެސްޓް ވިޝުއަލް އިފެކްޓްސް"ގެ އެވޯޑެވެ.
ފާހަގަކުރެވޭ އިތުރު އެވޯޑްތަކުގެ ތެރޭގައި:
- ބެސްޓް ޕާފޯމަންސް އިން އަ މޫވީ: ޓޮމް ހޮލެންޑު (ސްޕައިޑާ-މޭން: ނޯވޭ ހޯމް)
- ބެސްޓް ޕާފޯމަންސް އިން އަ ޝޯ: ޒެންޑާޔާ (ޔޫފޯރިއާ)
- ބެސްޓް ހީރޯ: ސްކާލެޓް ޖޮހޭންސަން (ބްލެކް ވިޑޯ)
- ބެސްޓު ކޮމިކް: ރަޔަން ރޭނޯލްޑްސް (ފްރީ ގައި)
- ބެސްޓް ސޯންގް: "އޮން މައި ވޒެ" (ޖެނިފާ ލޮޕޭޒް)
- ބެސްޓް ލައިފްސްޓައިލް ޝޯ: ސެލީނާ+ޝެފް
ހަފްލާގައި ޖެނިފާ ލޮޕޭޒްއަށް ވަނީ ކެރިއާ އެޗީވްމެންޓް އެވޯޑް ދީފަ އެވެ.
"ޖެނެރޭޝަން އެވޯޑް" ގެ ނަމުގައި ދިން އެ އެވޯޑާ ހަވާލުވުމަށް ފަހު ޖޭލޯ ބުނީ،އޭނާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.