ރޭގަނޑު ދަންވާއިރު ވެސް ބައެއް ކުދިން ނުނިދާ އުޅޭތަން ފެނެ އެވެ. މިކަމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް ވާއިރުގިނައިރު ފޯނު، ޓެބުލެޓް ފަދަ އެއްޗެއްސާ ބޭނުން ކުރުމަކީ ނިންޖަށް ހުރަސް އަޅާ ކަމެއް ކަމުގައި މާހިރުން ބުނެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ކުދިން ފޯނު ފަދަ ތަކެއްޗާއި ކުޅޭ ކޮންމެ ގަޑިއިރަކުން ރޭގަނޑުުގެ ނިދިން 15 މިނެޓް އެކުދިންނަށް މަދުވެ، ދުވާލު ގިނަ ވަގުތު ނިދާނެ ކަމަށެވެ.
އޭގެ އިތުރުން ފޯނު ފަދަ ތަކެތި ކުޅުމުން އެކުދިންގެ ބައެއް ކަންކަމަށް ރަނގަޅުވާ ފަދައިން އަނެއްބައި ކަންކަމުން ހެދިބޮޑުވުމުން ދުރުކޮށްދޭ ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.
އެގޮތުން އަބަދު ފޯނު ފަދަ ތަކެއްޗާއި ކުޅުމުން އެކުދިންނަށް ފޯނުން ގިނަ ކަންކަން ދަސްވެ އަތްފައިގެ މަސައްކަތް އިތުރުވެ އެވެ. ނަމަވެސް ފޯނުފަދަ ތަކެއްޗާއި ކުޅުމުން ލޮލުގައި ރިއްސައި އެހެނިހެން ސިއްހީ މައްސަލަތައް އިތުރުވެ ނިދުމާ ދުރުކޮށްދެ އެވެ.
ޅަފަތުގެ އުމުރަކީ އެކުދިން ރަނގަޅަށް ހެދި ބޮޑުވަމުން އަންނަ ދުވަސްވަރު ކަމުން ނިންޖަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ކޮންމެ މިނެޓްއަކީ ވެސް އެހާ ބޭނުންތެރި އެއްޗެއް ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.
އެހެންކަމުން ފޯނުފަދަ ތަކެތި ދިނުމުގެ ބަަދަލުގައި ވަކި ވަގުތަކަށް ޓީވީ ދެއްކުން ރަނގަޅު ކަމަށާއި ނިދަން ކައިރިވާ ވަގުތު އެފަދަ ތަކެތި ނުދެއްކުމަށް މާހިރުން ލަފާދެ އެވެ.