މިފަހުން އިންޑިއާގެ ފިލްމީ އިންޑަސްޓްރީގެ ގިނަ ފަންނާނުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުގެ ފަހަތުގައި ވަނީ ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރް ކަމަށް ބުނުމުން ކަރަން ނުރުހުން ފާޅުކޮށްފި އެވެ.

ފިލްމީ ތަރިން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވަނީ އެންމެ ފަހުން ފަންނާނުން އެއްވި އެއްވުމަކަށް ބާއްވާފައިވަނީ ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ އުފަންދުވަހުގެ ޕާޓީކަން ފާހަގަކޮށްފަ އެވެ. އަދި ފަންނާނުން ބަލިވާން ދިމާވީ ކަރަން އާ ހެދީކަމަށް އާންމުން ބުނެފައިވެ އެވެ.

އެކަމަށް ޖަވާބުދެމުން ކަރަން ބުނީ، އޭނާ އެއްވެސް ކަމެއް ބަޔަކު ބަލި ކުރަން ނުކުރާކަމަށް ބުނެފަ އެވެ. އަދި ގިނަ ބަޔަކު އެފަދައިން ވާހަކަ ދެއްކުމުން އޭނާއަށް އަސަރު ކޮށްފައިވާކަމަށާއި، ކޮވިޑު ފެތުރުމުގައި ނުވަތަ އެ ބައްޔާއި އޭނާއާ އެއްވެސް ގުޅުމެއް ނުވާކަމަށް ކަރަން ބުނެފައިވެ އެވެ.

ހަމައެހެންމެ ގިނަ ފަންނާނުންނަށް ކަރަންގެ ޕާޓީން ކޮވިޑު ޖެހެންވީ ސަބަބަކީ ކޮބައިތޯ އަހައި އޭނާއަށް އަމާޒުވާ ސުވާލުތަކަށް ދޭނެ ޖަވާބެއް ނެތް ކަމަށް ކަރަން ބުނެފައިވެ އެވެ.

ފާއިތުވި ދުވަސްތަކުގައި އިންޑިއާގެ ހަބަރުތަކުން ވަނީ މަޝްހޫރު ތަރިން ކަމުގައިވާ އަކްޝޭ ކުމާރު އާއި އަދިއްތިޔަ ރޯއި ކަޕޫރު އަދި ކާރްތިކް އާރްޔަން ކޮވިޑަށް ޕޮޒިޓިވްވި ވާހަކަތައް ދެކެވިފައިވެ އެވެ.

މިހާރު ކޮވިޑަށް ޕޮޒިޓިވްވި ތަރިންގެ ތެރޭގައި މަޝްހޫރު ކެޓްރީނާ ކެއިފް އާއި ޝަހުރުކް ޚާން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް މައުލޫމާތުލިބިފައިވެ އެވެ.

އެ ފަންނާނުން ދަނީ، ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި އެކަން އާންމުންނާއި ހިއްސާކުރަމުންނެވެ. އަދި އެމީހުންނާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ބައެއް ނަމަ ސަމާލުވުމަށް ސޯޝަލްމީޑިއާގައި ތަރިން އެދިފައިވެ އެވެ.