އައްމާމް (25 ޖޫން) - މެދު އިރުމަތީގައި ނޭޓޯ ފަދަ އަސްކަރީ ޖަމާއަތެއް ހަދަން ޖެހޭ ކަމަށާއި އެކަމަށް އުރުދުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުރުދުންގެ ރަސްގެފާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުﷲ ރަސްގެފާނު ވިދާޅުވީ އަސްކަރީ ޖަމާއަތެއް ހަދާނަމަ އެކަން ކުރިއަށް ދާންވާނީ ވަރަށް ރޭވިގެން ކަމަށެވެ.
"އެފަދަ ޖަމާއަތަކަށް އެންމެ ފުރަތަމަ އާނ ބަސް ބުނާ ގައުމަކަށް އުރުދުން ވާނެ، އެހެން ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކާއެކު އޮންނަ ގުޅުންތައް ވަރަށް ސާފުވާން ޖެހޭނެ،" އަބްދުﷲ ވިދާޅުވި އެވެ.
މެދު އިރުމައްޗާއި އިޒްރޭލު އަދި އެމެރިކާ ހިމެނޭހެން އަސްކަރީ ޖަމާއަތެއް އުފެއްދުމުގެ ވާހަކަ މީގެ ކުރިން ވެސް ދެކެވިފައިވާއިރު އެއީ އީރާނަށް ކުރިމަތިވާނެ އިތުރު ފިއްތުންތަކެކެވެ.
އެމެރިކާއާއި އަރަބި ގައުމުތަކުގެ މެދުގައި ބަަދަހި ވަމުން އަންނަ ގުޅުމަކީ އަސްކަރީ ގޮތުން އީރާނަށް އޮތް ނުރައްކަލެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
އަންނަ ހަފްތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން މެދު އިރުމަތީގެ ގައުމުތަކަށް ކުރައްވަން ހަމަ ޖެހިފައިވާ ދަތުރުފުޅުގައި މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެ އެވެ. -- އަލް އަރަބިއްޔާ
ބޭންކިން ދާއިރާގެ 80 ޕަސެންޓަކީ ދިވެހީން ކަމުގައި ހަދަނީ
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
މަޖިލީހުގެ ދައުރު މިމަހުގެ 27އާ ހަމަޔަށް އިތުރުކޮށްފި