އިސްލާމީ ޝަރީއަތަށް އެއީ ސައްހަ ވީޑިއޯއެއް ކަމަށް ސާބިތުވެއްޖެ ނަމަ އެ ވީޑިއޯ ވާނީ ސައްހަ ވަރުގަދަ ގަރީނާ ހެއްކަކަށް ވާނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ގާނޫނީ ވަކީލުކަންވެސް ކުރައްވާ ޑރ.ޖަމީލު މިފަދައިން ވިދާޅުވީ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އެވެ.

ސިޔާސީ ގޮތުން ނުފޫޒު ގަދަ ބައެއްގެ ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެ، އެ އެއްޗެހީގެ މައްސަލަ މިހާރު ފުލުހުން ބަލަމުނެވެ.

މިކަމާއި ގުޅިގެން ޑރ.ޖަމީލު ވިދާޅުވީ އިސްލާމީ ޝަރީއަތަށް އެއީ ސައްހަ ވީޑިއޯއެއް ކަމަށް ސާބިތުވެއްޖެ ނަމަ އެ ވީޑިއޯ ވާނީ ސއްހަ ވަރުގަދަ ގަރީނާ ހެއްކަކަށް ކަމަށެވެ.

ނާޒިމް ސައްޓާރު އެއް ޖިންސުން ގުޅުން ހިންގާ ވިޑިއޯއެއް އާއްމުވީ މިދިޔަ ހުކުރު ދުވަހުއެވެ.

އެވީޑިއޯ އިން ފެންނަ ގޮތުގައި ނާޒިމް ސައްތާރާއި ބިދޭސީ ޒުވާން ފިރިހެނަކު މާލޭގެ ގެއެއްގައި އެއްޖިންސުން ގުޅުން ހިނގާތަން ފެނެއެވެ. ލީކުވެފައިވާ ވީޑިއޯއިން އެއީ ނާޒިމް ސައްތާރުކަން ވަރަށް ސާފުކޮށް ފެނެއެވެ.

ނާޒިމްގެ އިތުރަށް ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހިމް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްވެސް އިއްޔެ ވަނީ ދައުރުވާން ފަށާފަ އެވެ.

މި ވީޑިއޯތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހަކު ބަރަހަނާ ހާލުގައި އިތުރު ދެ ދެ މީހަކާ އެނދެއްގެ މަތީގައި އޮންނަ މަންޒަރު ފެންނަ ފޮޓޯއެއް ވެސް އާންމުވެފައިވެ އެވެ.

ޖިންސީ ކުށުގެ ޤާނޫނުގެ 24 މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވަނީ މީހަކު ޖިންސީ އަމަލެއް އޭނާއާ އެއް ޖިންސުގެ މީހަކާއެކު ހިންގީ، އެދެމީހުންގެ ރުހުމުގައި ކަމުގައިވާނަމަ އޭނާ ކުރީ ކުށެކެވެ. އަދި (ށ)ގައި ބަޔާންކޮށްފައިވަނީ މީހަކު ޖިންސީ އަމަލެއް އޭނާއާ އެއް ޖިންސުގެ މީހަކާއެކު ހިންގީ، އެމީހާގެ ނުރުހުމުގައި ކަމުގައިވާނަމަ އޭނާ ކުރީ ކުށެކެވެ.

އެ މާއްދާގެ (ނ) އަދި (ރ)ގައި އެ ދެ ކުށުގެ އަދަބު ބަޔާންކޮށްފައިވެ އެވެ. އެގޮތުން އެ ކުށް ހިންގީ ދެމީހުންގެ ރުހުމުގައި ކަމުގައިވާނަމަ އެ ކުށް ކުރި މީހާގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ މުއްދަތަކަށް ޖަލަށް ލުމެވެ. އަދި އެ ކުށް ހިންގީ އަނެއް މީހާގެ ނުރުހުމުގައި ކަމުގައިވާނަމަ އެ ކުށް ކުރި މީހާގެ އަދަބަކީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.