ލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށްގެންދިޔުމުގެ ކުރިން އެ ހަރަކާތް ހުއްޓުވައިދިނުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައި ނުވާކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.
ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި މިކަން ހާމަކުރީ، ޔޯގާ ހަރަކާތް ކުރިއަށް ނުގެންދިއުމަށް އެދި އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު ހިޝާމް އަހްމަދު ސޮއި ކުރައްވައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް މި މަހުގެ 15 ވަނަ ދުވަހު ފޮނުއްވި ސިޓީއެއް ދީނީ އިލްމުވެރިޔާ ޒަމްޒަމް ފާރިޝް އާންމުކުރި މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.
ޔޯގާ އަކީ މުސްލިމުންނަށް ހުއްދަ ކުޅުވަރެއް ނޫން ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އޭގެ އިތުރުން ރާއްޖޭގައި ޔޯގާ ހަދަމުންދަނީ މެޑިޓޭޝަންގެ ގޮތުގައާއި ކަސްރަތު އަދި ތަފާތު ބަލިތަކަށް ޝިފާ ހޯދުމުގެ ނަމުގައި ކަމަށް ކަމުގައި ވިޔަސް އެއީ ދީނީގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ޔޯގާ އަކީ މުސްލިމުންނަށް ހުއްދަ ކުޅިވަރެއް ނޫންކަން ސާބިތުކުރުމަށް 2004 ވަނަ އަހަރު މިސްރުގެ ފަތުވާ ދޭ މަޖިލީހުން ނެރެފައިވާ ފަތުވާއަށް ހެއްކެއްގެ ގޮތުގައި ފާހަގަކޮށްފައިވާއިރު، 2008 ވަނަ އަހަރުގެ މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލިސް އިން ވެސް ޔޯގާ ގެ ސަބަބުން މުސްލިމުންގެ އަޤީދާއަށް އަސަރު ކުރާ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
ނަމަވެސް މިކަން ދޮގުކޮށް ޔޫތު މިނިސްޓްރީން އާންމުކުރި ބަޔާނުގައި ބުނީ، ޔޯގާ ހަރަކާތް ކުރިއަށް ނުގެންދިއުމަށް އިސްލާމިކް މިނިސްޓޤރީ ހިމެނޭހެން އެއްވެސް ސަރުކާރުގެ މުއައްސަސާއަކުން އަންގާފައި ނުވާކަމަށެވެ. މިނިސްޓްރީން ވަނީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް އެމިނިސްޓްރީން ނުކުރާނެ ކަމުގައި ބުނެފަ އެވެ. އަދި ޔޯގާ ހަރަކާތުގައި ބައިވެރިވެފައިވަނީ އެއީ، ކުޅިވަރާއި ކަސްރަތުގެ ތެރޭގައި އެކަން ހިމެނޭތީކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
އެމިނިސްޓްރީން އިތުރަށް ވަނީ، މިފަދަ މައްސަލަތަކަކީ އިލްމުވެރިންގެ މެދުގައި އިޙްތިލާފު އުފެދިފައިވާ މައްސަލަތަކެއް ކަން ފާހަކޮށް، ކަނޑައެޅިގައިވާ އުސޫލުގެ ތެރެއިން މިފަދަ މައްސަލަތަކުގެ ރައުޔު ނެރުއްވުމަށް ކަމާއި ގުޅޭ ފަރާތްތަކަށް ގޮވާލާފަ އެވެ.
ޔޯގާއަކީ ޝިރުކެއް