ގަވާއިދުން ޖިމްއަށް ގޮސް ކަސްރަތު ކުރިނަމަވެސް ގިނަ ބަޔަކަށް ސިއްހަތު ރަނގަޅުކޮށް ހުރުމަށް ދިމާވާ ގޮންޖެހުމަކީ ކާނާ ކާންވީ ރަނގަޅު ވަގުތު ނޭނގުމެެވެ. އެ ވަގުތަކު ހަށިގަނޑަށް އެންމެ ރަނގަޅު ވާނީ ކޮން ބާވަތެއްގެ ކާނާއެއް ކަމެއް ނޭނގުމެވެ. އެހެން ކަމުން ކުރި ކަސްރަތުގެ އެއްވެސް ރާހަތެއް ހަށިގަނޑަށް ނުކުރާތަން އާދެ އެެވެ. އެހެން ކަމުން ކަސްރަތު ކުރުމަށްފަހު ކެއުމަށް ރަނގަޅު ބައެއް ކެއުންތައް ހިމަނާލަމެެވެ.
ކިވީ
ކިވީގައި ގިނަ އަދަދަކަށް ވިޓަމިން ސީ އަދި ޕޮޓޭސިއަމް ހިމެނެ އެވެ. އަދި ކިވީގައި ހިމެނޭ އެންޓި އޮކްސިޓެންޓްސްގެ ސަބަބުން މަސްތަކަށް ވެފައި ހުންނަ ގެއްލުންތައް އަވަހަށް ރަނގަޅު ވުމަށް މަގުފަހި ކޮށްދެ އެވެ.
ދޮންކެޔޮ
ކަސްރަތު ކުރުމަށްފަހު ވެފައި ހުންނަ ވަރުބަލިކަން ފިލުވާލާ އަވަހަށް ހަށިގަނޑަށް ހަކަތަ ބޭނުންވާނަމަ އެންމެ ރަނގަޅީ ދޮންކޭލެެވެ. ދޮންކޭލުން ލޭގެ ހަކުުރު ހިމެނޭ މިންވަރު ހަމައަކަށް އަޅުވާލަ އެވެ. މީގެ އިތުރުން ދޮންކޭލުގައި ޕޮޓޭސިއަމް ވެސް ގިނަ އަދަދަކަށް ހިމެނޭއިރު އޭގައި އެކުލެވޭ މިނަރަލްސް އަކީ ހިތަށާއި މަސްތަކަށް ފައިދާހުރި އެއްޗެކެވެ.
އޯޓްމީލް
އޯޓްމީލުން ހަށިގަނޑުގެ ވަރުބަލިކަން ވަރަށް އަވަހަށް ފިލުވައިދެ އެވެ. ހެނދުނުގެ ކަސްރަތަށް ފަހު އޯޓްމީލްއަކީ ކެއުމަށް އެންމެ ރަނގަޅު އެއް ކާނާ އެވެ. އޯޓްމީލް ކެއުމުން ކޮލެސްޓްރޯލް ލެެވެލް ދަށްކޮށްދީ ދުވަސް ފެށުމަށް ބެނުންވާ ހަކަތަ ހަށިގަނޑަށް ގެނުވައިދެ އެވެ.