މޭދަށުން ދިލަ ނެގުން ނުވަތަ އެސިޑް ރިފްލަކް އަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ މައްސަލަ އެކެވެ. އާއްމުކޮށް ހީކުރެވިފައި އޮންނަނީ މިއީ ކުޅި އަދި ހަވާދުލީ ކާނާ ބޭނުން ކުރުމުގެ ސަބަބުން ވާ ކަމެއް ކަމަށެވެ. އެހެންކަމުން މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނުބެލި އަޅާނުލާ ފަހަރު ގިނަ އެވެ. ނަމަވެސް ސައިންސްވެރިން ވަނީ މިކަމަކީ ފުރާނައަށް ނުރައްކާ ކުރުވައިފާނެ ކަމެއް ކަމަށް ބުނެފަ އެވެ.
އެސިޑް ރިފްލަކްސް އަކީ ދުނިޔޭގެ އެތައް ބަޔަކަށް އާންމުގޮތެއްގައި ކުރިމަތިވާ ކަމަކަށް ވާއިރު މިކަމުގެ ސަބަބުން ސީރިއަސް ބަލިތަކަށް މަގުފަހިވާ ކަމުގައި ސައިންސްވެރިން ބުނެ އެވެ. އެގޮތުން އެސިޑް ރިޕްލަކްސްގެ ސަބަބުން ކެންސަރަށް މަގުފަހިކުރުވާ ޖަރާސީމެއް ކަމަށްވާ އެޗް.ޕިލޯރީ ނަމަކަށް ކިޔާ ޖަރާސީމެއް ހަށިގަނޑުގައި އުފެދޭ ކަމަށް ސައިސްވެރިން ބުނެއެވެ.
އެސިޑް ރިޕްލަކްސްއަކީ ފަރުވާ ނުކޮށް ގިނަ ދުވަސް ކުރާނަމަ ވާހަކަ ދެއްކުމުގެ މައްސަލަތައްވެސް ކުރިމަތި ކުރުވާ ކަމެކެވެ. ނަމަވެސް އެއީ ވަރަށް ގިނަ ދުވަހުން ވާ ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.
މޭ އަންދާ ނަމަ ނުވަތަ މޭ ދަށުން ދިލަ ނަގާނަމަ ރޯކިރު ބުއިމަކީ އެކަމަށް ވަގުތީ ހައްލެއް ތިބޭ ކަމެކެވެ. އަދި ކިރު ނޫނަސް ކެލްސިއަމް ލިބޭ ބުއިންތަށް ބުއިމުން ވަގުތީ ގޮތުން އެކަން ރަނގަޅުވެ އެވެ.
ނަމަވެސް އެކަމަކީ ކުޑަ ކަމެއް ކަމުގައި ދެކިގެން ނުވާނެ އެވެ. އަދި ވީހާވެސް އަވަހަށް ސިއްހީ މާހިރެއްގެ ލަފާ ހޯދަން ވާނެ އެވެ. އެކަމަކީ ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކަށްވެސް މަގުފަހި ކުރުވާ ކަމަކަށްވާތީ އެވެ.
ޑޮކްޓަރު ބުނަނީ ނޯމަލް ކަމެކޭ އެކަމަކު