ހުޅުމާލޭއިން ވީނުވީއެއް ނޭނގި ޒުވާން އަންހެނަކު ގެއްލިގެން ހޯދަށް ހަށައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލެއިން ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު، ލޮޓަސްމާގެ، ޝިއުނީ ހުސައިން ސިޔާން 18 ކަމަށެވެ.

ޝިއުނީ ވީނުވީއެއް ނޭނގި އާއިލާއަށް އެއްވެސް ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެ އެވެ. އަދި ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވެނު މަސައްކަތުން އޭނާ ހޯދިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ ޝިއުނީ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރައްވައި އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅައި ހިއްސާކޮށްދެއްވުމަށް އެދިފަ އެވެ.