ރޭގަނޑު ގަޑީގައި ހަމަނިދި ލިބުމަކީ ތިމާގެ ދުވަސް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިޔުމަ އެޅޭ އެންމެ ފުރަތަމަ ފިޔަވަޅެވެ.
ބައެއް މީހުންނަށް ރޭގަނޑުގެ ހަމަނިދި ހޯދުމަށް ދަތިތަކާ ކުރިމަތިވާއިރު އަޅުގަނޑުމެން މިބަލާލަނީ ރޭގަނޑުގެ ހަމަނިދި ހޯދުމަށް ކުރެވިދާނެ އެންމެ ރަނގަޅު ކަންކަމުގެ އިތުރުން ނިދި ހަމައަށް ނުލިބުމަށް ދިމާވެދާނެ ބައެއް ސަބަބުތަކަށެވެ.
ނިދާ ގަޑި ކައިރިކޮށް މާ ގަދަޔަށް ކެއުންފަދަ ކަންކަމުން ތިބާގެ ނިދުމަށް އަސަރުކުރާއިރު ސައިންސްވެރިންގެ ހޯދުންތަކުންވަނީ ނިދަން އޮށޯންނަތާ 30 މިނެޓުގެ ތެރޭގައި ނިދުމަކީ އެންމެ އެދެވޭ މިނަވަރަކަށް ނިދި ލިބިގެން ދިޔުމުގެ އެންމެ ފަސޭހައިން ފާހަގަކޮށްލެވޭ އަދި އެންމެ މުހިންމު އެއް ކަމެވެ.
މިގޮތަށް 30 މިނެޓުގެ ތެރޭގައި ނުނިދިއްޖެ ނަމަ އޭގެ މާނައަކީ މީހާގެ އެތެރެހަށީގެ ގަޑި އަދި ނިދާ ވަގުތާ ހަމަޔަށް ނުދާކަމެވެ. ނުވަތަ ނިދުމުގެ ކުރިން ކުރެވެ؛ޭކަމެއްގެ ސަބަބުން ނިދި ގެއްލެން މެދުވެރި ވުމެވެ. މިސާލަކަށް މީހާގެ އެޑްރެނަލިން ލެވެލް މަތިވުމަށް މެދުވެރިވާފަދަ އަމަލުތަލެވެ.
ނިދުމަށްފަހުގައި ރޭގަނޑުގެ އެކި ގަޑި ގަޑީގައި ގިނައިން ހޭލެވޭނަމަ އެންމެ އެދެވޭ ގޮތަކީ ޑޮކްޓަރަކަށް ދެއްކުމެވެ. އާންމުކޮށް ހަރު އުމުރުގެ މީހުންނަށް މި މައްސަލަ ކުރިމަތިވާ ކަމަށް ފާހަގަ ކުރެވޭއިރު އެ އުމުރުގައި މިފަދަ ކަންކަން ދިމާވުމަކީ ވަރަށްވެސް ގާތްކަމެއް ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް ދެ ފަހަރަށްވުރެ ގިނަ ފަހަރު މިގޮތަށް ހޭލެވެންޏާ އެންމެ ރަނގަޅު ގޮތަކީ ވީހާވެސް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ.
މިގޮތަށް ހޭލެވި 20 މިނެޓުގެ ތެރޭގައި ތިބާއަށް ނުނިދިއްޖެ ނަމަ އެއީވެސް ރަނގަޅުކަމެއް ނޫނެވެ. ސައިންސްވެރިން ބުނާގޮތުގައި ރަނގަޅު ނިންޖަކުން މިގޮތަށް ހޭލެވިއްޖެ ނަމަ އިންސާނާގެ ހަށިގަނޑު ފުރަތަމަ 10-15 މިނެޓުގެ ތެރޭގައި ހަމަޖެހިލައގެން ހަރަކާތްތެރިވެ އެވެ.