ބޮލީވުޑްގެ މަޝްހޫރު ބަތަލު ޝާހުރުކް ޚާން އާއި އޭނާގެ އަންހެނުން ގޯރީ ޚާންއާ ދެމީހުންގެ ލޯބީގެ ވާހަކަތަކަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ވަރަށް ގިނައިން ދެކެވޭ ވާހަކަތަކެކެވެ.

އެ ވާހަކަތައް ޚުދު ޝާހު އަމިއްލައަށް ވެސް މީޑިއާތަކާއި ހިއްސާކޮށްފައިވާއިރު، އޭނާ ވަނީ ގޯރީއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު ދިމާވި އެކި ދަތި އުނދަގޫ ކަންތައްތަކުގެ ވާހަކަތައް އާންމުންނާއި ހިއްސާކޮށްފަ އެވެ.

އެގޮތުން ޝާހު ބުނިގޮތުގައި އޭނާއަށް އަންހެނުން ގޯރީދެކެ ލޯބިވެވުނީ ފުރަތަމަ ނަޒަރުންނެވެ. އަދި އޭގެ ފަހުން ގޯރީގެ ލޯބި ކާމިޔާބު ކުރުމަށް އޭނާ ވަރަށް މަސައްކަތް ކުރިކަމަށް އޭނާ ބުނެފައިވެ އެވެ. އޭރު ޝާހު އުޅުނީ ސްކޫލުގައި ތައުލީމު ހާސިލްކުރަން ކަމުގައި އޭނާ ފާހަގަކޮށްފައިވެ އެވެ.

ޝާހު ބުނިގޮތުގައި އޭރު ދެމީހުންގެ އާއިލާއިންވެސް އެދެމީހުން ލޯބީގެ ގޮތުން ގުޅެން ނުރުހެ އެވެ. އެހެންނަމަވެސް ދެމީހުންވެސް ހިތްވަރު އެލުވައި ނުލައި ކުރިއަށް ދިޔަ ކަމަށާއި، އެންމެ ފަހުން އާއިލާވެސް އެދެމީހުން ގުޅެން ގަބޫލުވިކަމަށް ޝާހު ބުނެފައިވެ އެވެ.

ޝާހު އާއި ގޯރީ ކައިވެނި ކޮށްފައިވަނީ 25 އޮކްޓޫބަރު 1991 ވަނަ އަހަރުގަ އެވެ. އަދި އޭގެ ފަހުން އެދެމީހުންނަށް ވަނީ ދެ ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖަކު ލިބިފަ އެވެ.