ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ ފެންވަރު ބެލުމަށް ފަހު 10 މީހަކު ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ހައިކޯޓުން ވެސް ކަނޑައަޅައިފި އެވެ.
އެ މީހުންނަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހެ ޓްރައިބިއުލަނުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން މިއަދު ވަނީ ތާއީދުކޮށްފަ އެވެ.
އެ ބޭފުޅުން 2019 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ މަސައްކަތު ފެންވަރު ބެލިއިރު ވަކި އަދަދަކަށް މާކްސް ނުލިބުނު ކަމަށް ބުނެއެވެ. ވަޒީފާއިން ވަކިކޮށްފައި ވަނީ ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ހަތް ކޯޓެއްގެ އެޑްމިނިސްޓްރޭޓަރުންނެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރީ ޖޭއެސްސީންނެވެ. ޓްރައިބިއުނަލްގެ ނިންމުން ބާތިލްކުރަން ޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ކޯޓް ޑްމިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކުރީ އެ މީހުން އަދާކުރަމުންދިޔަ މަގާމު އުވުމުން ރިޑަންޑެންސީގެ ހާލަތު މެދުވެރިވުމުން ކަމަށް ބުނެ އެވެ. ޖޭއެސްސީން ބުނެފައި ވަނީ އެ ބޭފުޅުންނަށް ދޭންޖެހޭނީ ފައިސާގެ ބަދަލެއް ކަމަށެވެ. ނަމަވެސް އެއީ ގާނޫނީ ގޮތުން ހަމަޖެހޭ ބުނުމެއް ނޫން ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
 ބްރެޒިލްގައި ޑްރަގް ގޭންގެއްގެ ގިނަ ބަޔަކު މަރާލައިފި
			ބްރެޒިލްގައި ޑްރަގް ގޭންގެއްގެ ގިނަ ބަޔަކު މަރާލައިފި
		 14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
			14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
		 އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
			އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					