އެންމެން ވެސް ރަނގަޅު ސިއްހަތެއްގައި ހުރުމަށް ބޭނުންވާނެ އެވެ. ނަމަވެސް ކަން ފަސޭހަ ކޮށްލެވެނީ ކެއުމާ ހިސާބުންނެވެ. ޑައިޓްކުރި ނަމަވެސް ފައިދާވާ ގޮތަކަށް ކެއުން ގެންދާތަން ފެންނަނީ މަދު ބައެކެވެ.
ބަރުދަން ލުއިކުރަން މަސައްކަތްކުރާ މީހުން ޑައިޓްގެ ތެރޭގައި ހޫނު ލޮނުފެން ހިމަނައިގެން ގަވާއިދުން ބޯނަމަ ހަށިގަނޑަށް އެއިން ވަރަށް ގިނަ ފައިދާ ލިބެ އެވެ. ހާއްސަކޮށް އެއީ ޑައިޓަކާއެކު ގަވާއިދުން ކަސްރަތުކުރާ މީހުންނަށް އެކަމުގެ ނަތީޖާ ނެރުމަށް އެހީވެދޭ ބުއިމެކެވެ. އެހެން ކަމުން ކޮންމެ ދުވަހަކު ހެނދުނު އެއް ޖޯޑު ހޫނު ލޮނުފެން ބޯށެވެ.
މީގެ ސަބަބުން ހަށިގަނޑުގެ ސެލްތައް އާވެ، ހަށިގަނޑަށް ފައިދާ ނުވާ ބޭކާރު މާއްދާތައް ނައްތާލާ ހަށިގަނޑު ހަމަ ޖައްސައިދެ އެވެ. މީގެ އިތުރުން ހަށިގަނޑުގައި ހަކުރު ހިމެނޭ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދީ މެޓަބޮލިޒަމް އިތުރުކޮށްދެ އެވެ. އަދި ކަށިތައް ވަރުގަދަކޮށްދީ ހަޖަމުކުރާ ނިޒާމް ސާފުކޮށްދެ އެ
ލޮނުފެން ބުއިން އެންމެ ރަނގަޅު ގަޑިއަކީ ހެނދުނުގެ ނާސްތާގެ ކުރިން ނުވަތަ ހުސްބަނޑާ ދެ ގަޑިއިރު ހުރުމަށްފަހު އެވެ. ހޫނު ފެނަށް ލޮނު އަޅައިގެން ބުއިމަށް ވުރެ މޫދު ލޮނުފެން ބޭނުންކުރުން ފައިދާ ބޮޑެވެ. ސަބަބަކީ މޫދު ލޮނުގައި ސޯޑިއަމް ގިނަ އަދަދަކަށް ހިމެނޭތީ އެވެ.