ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ކ.ރަށްފަޅުހުރާ 4 ގައި ބޮޑު މާރާމާރީއެއް ހިނގައި އެތައް ބަޔަކަށް އަނިޔާވެއްޖެ އެވެ.

މި މާރާމާރީ ހިނގާފައި ވަނީ އެތަނުގައި މަސައްކަތް ކުރަން ގޮސް ތިބި ބިދޭސީ ދެ ގްރޫޕެއްގެ ދެމެދުގަ އެވެ.

އެ ރަށުގައި މާރާމާރީ ހިންގާފައި ވަނީ ސްރީލަންކާ އާއި ބަންގްލަދޭޝް ގްރޫޕެއްގެ ދެމެދުގައި ކަމަށްވެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެ ހާދިސާ މިއަދު 1:20 ހާއިރު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި އެތަނުގައި ބިދޭސީންގެ މެދުގައި ހަމަނުޖެހުމެެއް ހިނގައިގެން އުޅޭ ކަަމަށް ރިޕޯޓް ކުރުމުން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ސިންގަޕޫރުގެ ކުންފުންޏަކުން "ފަރި މޯލްޑިވްސް"ގެ ނަމުގައި ފަޅު ހިއްކައިގެން ތަރައްގީކުރާ ތިން ރަށެއްގައި ތަފާތު ތިން ރިސޯޓެއް އަންނަނީ ތަރައްގީކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑް "ރިޒްކާލްޓަން"ގެ ރިސޯޓަކާއި "ޕަޓީނާ" އަދި "ކަޕެއްލާ" ނަމުގައި އަންނަނީ އެންމެ މަތީ ފެންވަރުގެ ތިން ރިސޯޓެއް އަންނަ އަހަރުގެ ކުރީކޮޅުވަން އަންނަނީ މަސައްކަތްކުރަމުންނެވެ.