ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު އެމްޑީޕީއާ ގުޅުމަށް ސައުދު ފޯމު ހުށަހަޅާފައިވާއިރު، އޭނާ ނިމިދިޔަ މަޖިލިސް އިންތިހާބުގައި އިންތިހާބު ވެފައިވަނީ މިނިވަން މެމްބަރެއްގެ ގޮތުގައި ކުރިމަތިލައްވައިގެންނެވެ.
އެގޮތުން ސައުދު އެމްޑީޕީއާ ގުލިވަޑައިގަތުމާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ދަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.
އެމްޑީޕީއަށް ގުޅިވަޑައިގެންނެވި އައު މަޖިލިސް މެމްބަރާ އެކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ މެމްބަރުންގެ އަދަދު 66 އަކަށް އަރާނެ އެވެ.
ސައުދު ވަނީ ނިމިގެން ދިޔަ ސަރުކާރުގައިވެސް ވިލިގިލީ ދާއިރާގެ މެމްބަރުކަމަށް އިންތިހާބުވެ ވަޑައިގެންފަ އެވެ.
ނަމަވެސް އޭނާ ތަމްސީލު ކުރި ގޮނޑި ގެއްލުނީ، ކުރީގެ ރައީސް ޔާމީންއާ ހިޔާލު ތަފާތުވި ފަހުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެ އެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއި އެކު އޭނާ ވަނީ އެގޮނޑި އަލުން ހާސިލްކޮށްފަ އެވެ.
"ދަ ޕޯޓަލް އޮފް ފޯސް"އާއެކު ދިޝާ ވެސް ހޮލީވުޑްއަށް!
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!
ސެމްސަންގްއާ ދެކޮޅަށް ޑުއަލިޕާ ދައުވާއެއް ކޮށްފި
