ދުޅަހެޔޮ ރީތި ހަންގަނޑަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. ވިޓަމިން އީއަކީ މިކަން ހާސިލްކުރުމަށް ބޭނުންވާ އެންމެ މުހިއްމު މާއްދާ އެވެ. ތިރީގައި މި ބަލާލަނީ ހަންގަނޑު ރީތި ކުރުމަށް ކެވިދާނެ ވިޓަމިން އޭ ހިމެނޭ ބައެއް ކެއުންތަކަށެވެ.

އަލްމަންޑް

ދިވެހިންނާ ރައްޓެހި އެއްޗަކަށް އަލްމަންޑް ވެފައިވާއިރު ކޮންމެ ދުވަހަކު ¼ ޖޯޑު އަލްމަންޑް ކެއުމުން ހަށިގަނޑަށް ބޭނުން ވާވަރަށް ވިޓަމިން އީ ލިބުނީ އެވެ.

ސްޕިނިޗް

މިއީ ކެއްކުމުގައި ބޭނުން ކުރާ އާންމު ބާވަަތަކަށް ވާއިރު މިއީވެސް ވިޓަމިން އީ ހިމެނޭ ބާވަތެކެވެ. އެގޮތުން ސްޕިނިޗްގައި ތިމާގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވިޓަމިން އީ ގެ 25 ޕަސެންޓް ހިމެނެ އެެވެ. ސްޕިނިޗްގެ އެންމެ ހާއްސަކަމަކީ މީގައި ވިޓަމިން ކޭ ވެސް ގިނަ އަދަދަކަށް ހިމެނޭ ކަމެވެ.

ބެލް ޕެޕާ

ބެލް ޕެޕާގައި ތިމާގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވިޓަމިން އީ ގެ 10 ޕަސެންޓް ހިމެނެ އެެވެ. މީގެ އިތުރުން ބެލް ޕެޕާގައި ވިޓަމިން ސީ ވެސް ގިނަ އަދަދަކަށް ހިމެނެ އެެވެ. މިއީ އުމުރުން ދުވަސް ވުމުން ހަންގަނޑަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް މުހިއްމު މާއްދާ އެކެވެ.

އެވޮކާޑޯ

ވިޓަމިން އީ ގެ އިތުރުން އެވޮކާޑޯގައި ފައިބާ، ޕޮޓޭސިއަމް، ވިޓަމިން ބީ6، ވިޓަމިން ސީ އަދި ކޭ ހިމެނެ އެވެ. އެވޮކާޑޯގައި ތިމާގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވިޓަމިން އީ ގެ 21 ޕަސެންޓް ހިމެނެ އެެވެ.