ސިނަމާލެ ބުރިޖުގެ މާލެއިން ހުޅުލެއަށް ދާ ފަޅީގެ މެދަކާ ހިސާބުގައި މިއަދު ހަވީރު ކާރަކާއި އެމްޓީސީސީގެ ބަހެއް ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެން ބުރިޖުގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރައިފި އެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ހާއްސަކޮށްފައިވާ ލޭނުން ބަސް ދަތުރުކުރަމުން ދަނިކޮށް، ކާރު އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ބެލެވެ އެވެ.
އެކްސިޑެންޓްވި ސަރަހައްދުގައި އުޅަނދުތައް ހުއްޓިފައި އޮތުމުގެ ސަބަބުން ބުރިޖުމަތީގެ ސައިކަލާއި ކާރުގެ އިތުރުން އާންމު ދަތުރުފަތުރުގެ ހިދުމަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅުނެވެ. މިއާއެކު އެމްޓީޓީސީސީގެ ތިން ބަހެއް ގިނަ އިރުތަކެއް ވަންދެން ބުރިޖުމަތީގައި ތާށިވެފައި އޮންނަން ޖެހުނެވެ.
މި ހާދިސާއާ ގުޅިގެން ބުރިޖުގެ ދެކޮޅުގައި ގިނަ އަދަދެއްގެ ކާރާއި ސައިކަލު ތޮއްޖެހި، އާންމުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހުނެވެ. ބައެއް އާންމުން މާލެއިން ހުޅުމާލެއަށް ދިއުމަށް ގަޑިއިރަކަށް ވުރެ ގިނަ ވަގުތު ހޭދަކުރަންޖެހުނު ކަން ފާހަގަކުރެވުނެވެ.
އާއްމު ފިނި ހޫނުމިނުގައި ވެސް ހަށިގަނޑު ފިނިވެ ހީކަރުވާތަ؟
ކޮމާޝަލް ޔުނިޓްތަކުގެ ތަފްސީލް ދޭން އެފްޑީސީން ދެކޮޅު ހަދައިފި
ވިޔަފާރިތަކަށް ފައިސާ ދޫކުރަނީ ބައިބަޔަށް ބަހައިގެން: ޒަރީރު
