ރަންބީރު ކަޕޫރާއި އާލިއާ ބަޓްއަކީ ބޮލީވުޑްގައި މިވަގުތު އެންމެ ނަން މަޝްހޫރު އެއް ޖޯޑެވެ.

ދެ ތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަތައް ސޯޝަލް މީޑިއާއާއި އާންމުންގެ ތެރޭގައި ދެކެވޭއިރު، ދެ ތަރިން ކައިވެނީގެ ވާހަކަތަކަކީ ފަހަކަށް އައިސް އެންމެ ގަދައަށް ބޮލީވުޑްގައި ދެކެވުނު ވާހަކަތަކެވެ.

ދެ ފަންނާނުން ކައިވެނިކޮށް، ފޮޓޯތައް އާންމުންނާ ހިއްސާކޮށްފައިވާއިރު، މިހާރު އާލިޔާ އާއި ރަންބީރު ދަނީ އެދެމަފިރިންނަށް ލިވެން އުޅޭ އަލަު ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެދެމަފިރިންނަށް ލިބެން އުޅޭ ދަރިފުޅާއި މެދު އާންމުން ދަނީ ތަރިންނާއި ސުވާލު ކުރަމުންނެވެ.

އެގޮތުން އާލިޔާ އަށް ޓްވިންސެއް ލިބޭކަމަށް ސޯޝަލްމީޑިއާގައި ދަނީ ވާހަކަ ފެތުރެމުންނެވެ. ނަމަވެސް މިއީ ތެދު ވާހަކަތަކެއް ކަމެއް އާންމުންނަށް ޔަގީން ވެފައެއް ނުވެ އެވެ. އެ ވާހަކަތައް އާންމުންގެ މެދުގައި ދެކެވެން ފަށާފައިވަނީ، ރަންބީރު، 'ފިލްމު ކޮމްޕޭނިއަން' އަށް ދިން އިންޓަވިއުއެއްގައި ކުޅުނު ގޭމެއްގެ ތެރެއިންނެވެ.

ގޭމުގެ ކުޅުމުގެ ތެރެއިން ރަންބީރަށް ވަނީ ދޮގު މައުލޫމާތަކާއި، ދެ ދެތެދު މައުލޫމާތެއް ދިނުމަށް އަންގާފަ އެވެ. ގޭމުގައި ރަންބީރު ބުނެފައިވާ ތިންކަމަކީ، އޭނާ އަށް ޓްވިންސެއް ލިބެން އުޅޭ ކަމަށާއި، އޭނާ ބޮޑު ފިލްމެއްގެ މަސައްކަތެއް ކުރަން އުޅޭ ކަމުގެ ވާހަކައާ، ބޮޑު ޗުއްޓީއަކަށް ދާން އުޅޭކަމަށެވެ.

އޭނާ މިފަދައިން ބުނެފައިވާއިރު، މީގެ ފަހަރުގައިވާ ހަގީގަތާ މެދު އާންމުން ތިބީ ސުވާލު އުފެދިފަ އެވެ.

އާލިއާ އާއި ރަންބީރު ކައިވެނި ކޮށްފައި ވަނީ މުމްބާއީގައި ހުންނަ ރަންބީރުގެ ގޭގަ އެވެ. އެދެމީހުން ކައިވެނިކުރީ މިއަހަރުގެ އޭޕްރިލް 14 ވަނަ ދުވަހުގަ އެވެ.