ޓޮމާޓޯއަކީ ގިނަގުނަ ފައިދާތަކެއް ލިބިދޭ އެއްޗެެކެވެ. އާއްމުކޮށް ޓޮމާޓޯ ބޭނުންކުރަނީ ކާއެއްޗެހި ތައްޔާރުކުރުމަށާއި ޒީނަތްތެރިވުމަށް އެކި ވައްތަރުގެ ތަކެތި ތައްޔާރު ކުރުމަށެވެ.
ޓޮމާޓޯއިން ހަދާ ޓޮމާޓޯ ޖޫހަކީ ގިނަ އަދަދަކަށް ވިޓަމިން އާއި މިނެރަލް އެކުލެވިފައިވާ އެއްޗެކެވެ. ތިރީގައި މި ބަލާލަނީ ޓޮމާޓޯ ޖޫހުން ލިބިދޭ ބައެއް ސިއްހީ ފައިދާތަކަށެވެ.
ކޮލެސްޓްރޯލް ކޮންޓްރޯލް ކޮށްދޭ
ކޮލެސްޓްރޯލް މައްޗަށް ދާނަމަ އަވަހަށް ރޯ ޓޮމާޓޯ ޖޫސް ބޭނުންކުރާށެވެ. ޓޯމާޓޯ ޖޫހުގައި ގިނަ އަދަދަކަށް ފައިބާ އެކުލެވޭއިރު އޭގެ ސަބަބުން ކޮލެސްޓްރޯލް މައްޗަށް ދިއުމުން ދުރުކޮށްދެ އެވެ.
ބަރުދަން ލުއިކުރުމަށް އެހީވެދޭ
ޓޮމާޓޯ ޖޫހުން ލިބިދޭ އެންމެ ބޮޑު ފައިދާއަކީ ބަރުދަން ލުއި ކޮށްދިނުމެވެ. ޓޮމާޓޯ ޖޫހުގައި ސޯޑިއަމް އެކުލެވޭ މިންވަރު ދަށްއިރު އޭގައި ގިނަ އަދަކަށް ފައިބާ އެކުލެވެ އެވެ. އޭގެ ސަބަބުން ވަރުބަލިވުމާއި ބަނޑުހައި ހޫނުކަމުން ދުރުކޮށްދެ އެވެ.
ހަންގަނޑަށް ރީތިކޮށްދޭ
އޮމާން ރީތި ހަންގަނޑެއް ބޭނުންނަމަ ޓޮމާޓޯ ޖޫސް ބޭނުން ކުރާށެވެ. ޓޮމާޓޯ ޖޫސް ބޭނުންކުރާނަމަ އޮށާޅަނެގުމާއި ހަންގަނޑު ތެޔޮވުމުން ދުުރުކޮށްދެ އެެވެ.