ސަރުކާރުން ކުރާ ކޮންމެކަމެއްގައި ކޮރަޕްޝަން ނުހިމެނޭ ގޮތަށް އެކެއް ކޮށްފިނަމަ ހައިރާންވާން ޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ފާޑުވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް ކުރެއްވި ޓުވީޓްގައި ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަން ނުހިމެނޭ ގޮތަށް ކަމެއް ހިންގައިފިނަމަ ހައިރާންވާންޖެހޭ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހީލަތްތެރިކަމާއެކު ކުންފުނިތަކުން ކޮރަޕްޝަން ހިންގާ މަންފާ ހޯއްދަވާ ކަމަށް އެންމެން ވެސް އިއްތިފާގުވާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
"ވަގުތު ޖެހުމުން ނަތީޖާއާ ކުރިމަތިލާން ޖެހޭނެ،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވެފައިވާއިރު މިސަރުކާރުގެ ތެރެއިން ކޮރަޕްޝަން އެތަކެއް މައްސަލައެއް އަންނަނީ ފެންމަތިވަމުންނެވެ. އަދި ކޮރަޕްޝަނާއި ދެކޮޅަށް އައި ސަރުކާރުގައި ހިނގާ ކޮރަޕްޝަން މައްސަލަތައް ނުބެލޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
 އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަނީ
			އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަނީ
		 އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
			އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
		 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 
					 
					 
					 
					 
					 
					 
					 
					 
					