ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ލޯބީވެރިޔާ ލޫލިއާ ވަންޓޫރާގެ އުފަންދުވަސް ފާހަގަ ކޮށްފި އެވެ.

ސަލްމާން ޚާނާއެކު އޮންނަނީ ސީދާ ކޮން ކަހަލަ ގުޅުމެއްކަން ކަށަވަރުނުވާ އެކަމަކު އޭނާއާ ވަރަށް ގާތްކޮށް އުޅޭ ރުމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރު އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ވަނީ ޕާޓީއެއް ބާއްވާފަ އެވެ.

މި ޕާޓީގައި ސަލްމާންގެ އިތުރުން އޭނާގެ ކޮއްކޮ ސުހައިލް ޚާން އާއި އޭނާގެ ޅިޔަނު އަޔޫޝް ޝަރްމާ ވަނީ ބައިވެރިވެފަ އެވެ. އަދި ލޫލިއާގެ ރައްޓެހިންނާއި އާއިލާގެ ބައެއް މެންބަރުން ވެސް މި ޕާޓީގައި ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ޕާޓީ ތެރޭގައި ނަގާފައިވާ ފޮޓޯއެއް އެކްޓަރު އަޔޫޝް ޝަރްމާ ވަނީ އިންސްޓަގްރާމްގައި ހިއްސާ ވެސް ކޮށްފަ އެވެ.

"ސެލްފިޝް" ލަވަކިޔުންތެރިޔާ ޖުލައި 24 ވަނަ ދުވަހު އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ.

ސަލްމާނާއި އޫލިއާގެ ގުޅުމާ ބެހޭ ގޮތުން މިހާތަނަށް ވަރަށް ގިނަ ވާހަކަތަކެއް ދެކެވިފައިވެ އެވެ. އަދި އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ އާއި ކައިވެނިކުރަން އުޅޭ ވާހަކަ އެކި ފަހަރުމަތިން މީޑިއާތަކުގައި ދެކެވިފައިވެ އެވެ.

ސަލްމާން 2014 ވަނަ އަހަރު ޕްރޮޑިއުސް ކުރި ފިލްމް "އޮ ތެރީ" ގެ ހާއްސަ ލަވައެއް ވެސް އޫލިއާ ކުޅެފައިވެ އެވެ.