ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ ރައްޓެހިވެގެން އުޅޭތާ ހަ އަހަރު ފަހުން ރުޅިވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޮލީވުޑްގައި ކުރިއަރަމުން އަންނަ ދެ ފަންނާނު ކަމަށްވާ ޓައިގާ އާއި ދިޝާ ލޯބީގެ ގޮތުން ގުޅިގެން ހަ އަހަރު އުޅުމަށްފަހު މިހާރު ރުޅިވެފައިވާ ކަމަށެވެ.

ދިޝާ އާއި ޓައިގާ ޝްރޮފް އެކުގައި ވަރަށް ގިނަ ފަހަރު ފެނިފައިވާއިރު އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި އޮތް ނަމަވެސް އެކަމާ ބެހޭ ގޮތުން އެ ދެ މީޙުން ވާހަކަ ދައްކާފައިނުވެ އެވެ.

ހިންދުސްތާން ޓައިމްސް އިން ބުނެފައި ވަނީ ދިޝާ އާއި ޓައިގާ 'މިހާރު ސިންގަލް' ކަމަށެވެ.

https://www.instagram.com/p/CgRrdOKpMaU/

ދިޝާ އާއި ޓައިގާ ލޯބީގެ ގޮތުން ގުޅީގެން އުޅޭ ކަމަށް އަޑުތައް އަރާފައިވަނީ "ބާގީ 2" އަށް ފަހު އެވެ.

މިދެ ފަންނާނު ވަކިވެފައިވާއިރު ކަރަން ޖޯހަރުގެ ކުރިއަށް އިއުލާނުކޮށްފައިވާ " ސްކްރޫ ދީލާ" އިން ޓައިގާ އާއެކު ދިޝާ ފެނިގެންދާނެ އެވެ.

https://www.instagram.com/p/CSHOl3Osy3r/?hl=en

"އެކް ވިލަން ރިޓާންސް" އިތުރުން ކަރަން ޖޯހަރުގެ "ޔޯދާ" އަކީވެސް ދިޝާގެ ކުރިއަށްއޮތް ފިލްމެކެވެ. އަންނަ ނޮވެމްބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ސިދާތު މަލޯތުރާގެ އިތުރުން ރާޝީ ކަންނާވެސް ފެންނާނެ އެވެ.

ޓައިގާ އެންމެ ފަހުން ކުޅެފައި ވަނީ "ހީރޯޕަންތީ 2" އެކެވެ.