ފްރާންސްގެ މަޝްހޫރު "އެއިޓް އެންޑް ބޮބް"ގެ ލަގްޒަރީ ސެންޓާއި ކެންޑްލްސް ރާއްޖެ އަށް ތައާރަފް ކޮށްފި އެވެ.

މިއީ ފްރާންސަށް ނިސްބަތްވާ އެލްބާޓް ފޮކެޓާއި އެގައުމުގެ ރީތިކަން ބަލާލަން ގޮސް އުޅުނު އެމެރިކާގެ ދަރިވަރު އަދި އެމެރިކާގެ 35 ވަނަ ރައީސް ޖޯން އެފް ކެނެޑީ އާއި ދިމާވެ، އެކުވެރިކަން އުފެދިގެން އައީ ދެވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ކުރިންނެވެ. އަދި މި ދެ އެކުވެރިން އިތުރަށް ގުޅުވައިދިނީ އެލްބާޓް އެވަގުތު ބޭނުންކޮށްފައިވާ ތާސީރުގެ މީރުވަހެވެ. އަދި އެ ވަހަކީ އެމެރިކާނުންގެ ޝަޚުސިއްޔަތުން މަދުވާ ވަސް ކަމަށް ޖޯން އެފް ކެނެޑީ އަށް ފޮކެޓް ހަދިޔާކުރި ތާސިރުގައި ބުނެފައިވެ އެވެ. އޭގެ ފަހުން އެމެރިކާއިން ފޮކެޓަށް ލިބުނު ޝުކުރުގެ ސިޓީގައި ވަނީ އެ ތާސީރުގެ އަށް ވައްތަރެއްގެ ސާމްޕަލް އަދިި އެކަތި ބޮބްއަށް ފޮނުވައި ދިނުމަށް އެދިފަ އެވެ. މިއީ މަޝްހޫރު ލަގްޒަރީ ބްރޭންޑް "އެއިޓް އެންޑް ބޮބް"ގެ ހަގީގީ ވާހަކަ ވުޖޫދިވި ގޮތެވެ.

ލެ ޕާފިއުމް އިން ރާއްޖެއަށް ތައާރަފްކުރި އެއިޓް އެންޑް ބޮބް ބްރޭންޑްގެ ކެންޑްލް.

ވިހި ވަނަ ގަރުނުގެ ތެރޭގައި އުފައްދާ ފައްކާކުރަމުން އައި، އެއިޓް އެންޑް ބޮބް ރާއްޖެ އަށް ތައާރަފް ކޮށްފައިވަނީ މިހާރު ރާއްޖޭގައި ސެންޓްގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ލެޕާފިއުމް އިންނެވެ. ލެޕާފިއުމް އިން ވަނީ އެއިޓް އެންޑް ބޮބްގެ ކަލެކްޝަން އާއި އަނިކޭ ކަލެކްޝަން ރާއްޖެއަށް ތައާރަފް ކޮށްފަ އެވެ. މި ކަލެކްޝަންސް ތަކުގެ އިތުރުން އެއިޓް އެންޑް ބޮބްގެ ޓްރެވަލް ކަލެކްޝަން އާއި ހެރިޓޭޖް ކަލެޝަން ވެސް ލެޕާފިއުމް އިން އަންނަނީ ރާއްޖޭގައި ވިއްކަމުންނެވެ.

މާމެލާމެލީގެ ހިތްގައިމު ތާސީރުތަކުން ވަރަށް ފުރިހަމަ ކަމާއެކު ތައްޔާރުކޮށްފައިވާ، އެލްބާޓް ފޮކެޓްގެ އެއިޓް އެންޑް ބޮބް ސެންޓްގެ ހާއްސަކަން ހަމައެކަނި ސެންޓް ފުޅިލާފައިވާ ފޮށްޓާއި ހިސާބުން ވެސް ފާހަގަވެގެންދާނެ އެވެ. އަދި ސެންޓްގެ އިތުރުން ހޯމް ފްރެގްރަންސް އަށް ބަލާލުމުން ކޮށްފައިވާ އަތްތެރި މަސައްކަތުން އެއިޓް އެންޑް ބޮބްއަކީ އާދައިގެ ބްރޭންޑެއް ނޫންކަން ފާހަގަ ވާނެ އެވެ.

ލެ ޕާފިއުމް އިން ރާއްޖެއަށް ތައާރަފްކުރި އެއިޓް އެންޑް ބޮބް ބްރޭންޑްގެ ސެންޓު.

އެއިޓް އެންޑް ބޮބްއިން ވަނީ ޖޯން އެފް ކެނެޑީ އަށް ވެސް ހާއްސަކޮށްގެން ކަލެކްޝަން އެއް ނެރެފަ އެވެ. ނަމަވެސް މި ކަލެކްޝަން އަދި ރާއްޖެއިން ލިބެން ނެތް ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ކަލެކްޝަން ގެންނާނެ ކަމަށް ލެޕާފިއުމް ބުނެ އެވެ.

މިހާރު ވެސް ލަގްޒަރީ ގިނަ ސެންޓްތައް ރާއްޖޭގައި ވިއްކަމުން އަންނަ ލެޕާފިއުމް އިން ބުނީ އެއިޓް އެންޑް ބޮބް ސެންޓަކީ ލަގްޒަރީ ސެންޓްތަކަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ރާއްޖެގެނައި ބްރޭންޑެއް ކަމަށެވެ.

ލެ ޕާފިއުމް އިން ރާއްޖެއަށް ތައާރަފްކުރި އެއިޓް އެންޑް ބޮބް ބްރޭންޑްގެ ސެންޓު.

އެއިޓް އެންޑް ބޮބްގެ ހޯމް ފްރެންގްރަންސް ފަސް ވައްތަރެއްގެ އުއްބަތި އާއި ޑިފިއުޒާ ވެސް ލެޕާފިއުމް އިން ވަނީ ތައާރަފް ކޮށްފަ އެވެ.

"މި ބްރޭންޑަކީ ލަގްޒަރީ ސެންޓަށް ލޯބިކުރާ އަދި ހޯމް ފްރެގްރެންސަށް ލޯބި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އަޅުގަނޑުމެން ގެނައި ބްރޭންޑެއް. މި ބްރޭންޑްގެ ކޮންމެ ސެންޓެއް އަދި ހޯމް ފްރެގްރެންސްގައި ބޭނުން ކުރާ ކޮންމެ އެއްޗަކުން ވެސް އަތްތެރި މަސައްކަތުގެ ރީތިކަމާ ހިތްގައިމުކަން ފާހަގަވާނެ،" ލެޕާފިއުމްގެ މެނޭޖިން ޑިރެކްޓަ އަހުމަދު ޔޫމާން ވިދާޅުވި އެވެ.

މި ބްރޭންޑްގެ އިތުރުން ފްރާންސްގެ މޭކަޕް ބްރޭންޑް "ބްލެކް އަޕް" އެކްސްކްލޫސިވްކޮށް ވިއްކަމުން އަންނަނީ ވެސް ލެޕާފިއުމް އިންނެވެ. މިއީ ދިވެހިންގެ ހަމުގެ ކުލަ އާއި ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ މޭކަޕް ބްރޑޭންޑެކެވެ. އަދި މި ބްރޭންޑްގެ ހެއާކެއާ ފުލް ރޭންޖް ވެސް ލިބެން ހުންނާނެ ކަމަށް ލެޕާފިއުމް އިން ބުންޏެވެ.