ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހައެއްކަ އަހަރުވެފައިވާ ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ޓައިގާ ޝްރޮފާއި ޑިޝާ ޕަޓާނީގެ ގުޅުން ނިންމާލަން ޖެހުނު ސަބަބު ހާމަކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުގައި މިދެ ތަރިން ލޯބީގެ ގުޅުން ނިންމާލިކަމަށް ބުނެ އައީ ހަބަރު ފަތުރަމުންނެވެ. އެހެންނަމަވެސް މިކަމާއި ބެހޭ ގޮތުން މި ދެ ފަންނާނުން އެއްވެސް ވާހަކަ މިހާތަނަށް ދައްކާފައިނުވެ އެވެ.

މިހާރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަ އަހަރުވީ ލޯބީގެ ގުޅުން ނިންމާލުމަށް ނިންމީ ދިޝާ އެވެ.

"އެކް ވިލަން ރިޓާންސް"ގެ ބަތަލާ ދިޝާ ކައިވެނި ކުރަން ބޭނުންވި އިރު "ސްކްރޫ ދީލާ" ގެ އެކްޓަރު ޓައިގާ އެކަމަށް ތައްޔާރެއް ނޫނެވެ.

https://www.instagram.com/p/Cfq3uKys2Vb/

ކައިވެނީގެ ވާހަކަތައް ދައްކާއިރު ޓައިގާ އެކަމަށް ތައްޔާރު ނޫން ކަމަށް ބުނެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

"އާ ގެއެއް ގަނެ، މައިންބަފައިންނާ މުޅިން ވަކިން ޓައިގާ ދިރިއުޅޭތާ އެތައް އަހަރެއް ވެފައިވާއިރު އާ ގެއަށް ބަދަލު ވީއްސުރެ ދިޝާ ދިރިއުޅެމުން ދިޔައީ ޓައިގާ އާ އެއް ގެއެއްގައި. އެގޮތަށް އެތައް އަހަރެއް އެކުގައި އުޅުމަށްފަހު ދިޝާ މިހާރު ބޭނުންވަނީ ކައިވެނިކުރަން،" ދިޝާ އާއި ޓައިގާގެ ގާތް މީހަކު ބުންޏެވެ.

https://www.instagram.com/p/CeTI6DDJJ9Z/

ދިޝާ އާއި ޓައިގާ ރުޅިވި ޚަބަރުތައް ފެތުރެން ފެށުމުން ޓައިގާގެ ބައްޕަ ޖެކީ ޝްރޮފް ވެސް މި ކަމާ ގުޅޭ ގޮތުން ކޮމެންޓު ކޮށްފައި ވެއެވެ. ޖެކީ ބުނި ގޮތުގައި ޓައިގާ އާއި ދިޝާ އަކީ އަބަދުވެސް ގާތް ދެ އެކުވެރިން ކަމަށާއި އަދިވެސް އެމީހުންގެ މެދުގައި އެ އެކުވެރިކަން އެބައޮތް ކަމަށެވެ.