މަރުގެ އިންޒާރުތަކާއި ގުޅިގެން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ހަށިރައްކަލަކަށް ބަޑި ގެންގުޅުމުގެ ހުއްދަ ދީފި އެވެ.

މީގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރިން އައި ލޯރެންސް ބިޝްނޯއީ ގޭންގުން މަރުގެ އިންޒާރު ދިނުމާއި ގުޅިގެން "ޓައިގާ 3" އެކްޓަރު ސަލްމާން ވަނީ ބަޑި ގެންގުޅުމުގެ ހުއްދައަކަށް އެދި މުމްބާއީ ފުލުހުންނަށް ހުށައަޅާފަ އެވެ. ސަލްމާން ހުށައެޅި ކަންތައްތައް ބެލުމަށްފަހު މިހާރު މުމްބާއީ ފުލުހުން ވަނީ ހަށިރައްކަލަކަށް ސަލްމާނަށް ބަޑި ގެންގުޅުމުގެ ހުއްދަ ދީފަ އެވެ.

އަދި ބަޑި ގެންގުޅުމުގެ ހުއްދަ ދޫކުރުމުގެ ކުރިން ސަލްމާންގެ ކުށުގެ ރެކޯޑާއި ބެކްގްރައުންޑް ވަނީ ޗެކްކޮށްފަ އެވެ.

ލައިސަންސް ދޫކުރުމުގައި ޑިއު ޕްރޮސެސްއަށް އަމަލުކޮށްފައިވެ އެވެ. އެކްޓަރަށް ބަޑި ޖެހުމުގެ ލައިސަންސް ދިނުމުގެ ކުރިން ސަލްމާންގެ ކުށުގެ ރެކޯޑާއި ބެކްގްރައުންޑް ވަނީ ޗެކްކޮށްފަ އެވެ.

ސަލްމާންގެ އިތުރުން އޭނާގެ ބައްޕަ ސަލީމް ޚާނަށްވެސް އެގޭންގުން ވަނީ މަރުގެ އިންޒާރު ދީފަ އެވެ. އޭގެ ފަހުން ސަލްމާނާއި އޭނާގެ ބައްޕަގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަކޮށްފަ އެވެ.

ބަޑި ގެންގުޅުމުގެ ހުއްދަ އުމުރުން 56 އަހަރުގެ ސަލްމާނަށް ލިބިފައިވާއިރު އޭނާ މިހާރު ވަނީ ވަޒަން ނާރާ ޒާރުގެ ކާރެއް ވެސް ގަނެފަ އެވެ.

ސަލްމާނަށް އިންޒާރުދޭ ގްރޫޕުން ވަނީ މެއި މަހުގެ ފަހުކޮޅު މަރާލި ޕަންޖާބީ ލަވަކިޔުންތެރިޔާ ސިދޫ މޫސެވަލާ އަށް ބަޑިން ހަމަލާދީ މަރައިލުމުގެ ޒިންމާވެސް ނަގާފަ އެވެ.